ads
ޔާމީން
ޔާމީންގެ "ހާލުކޮޅު ހުރި ގޮތުން" މިއަދުގެ މައްސަލަ ކެންސަލް
ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ދައުވާގައި މިއަދު ހެނދުނު ބޭއްވުމަށް ތާވަލު ކުރި އަޑު އެހުން، ރައީސް "ޔާމީންގެ ހާލުކޮޅު ހުރި ގޮތުން" ކެންސަލް ކޮށްފިއެވެ.

ރައީސް ޔާމީނާ ދެކޮޅަށް ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ފުއްގިރި މައްސަލައިގެ އަޑު ޔާމީންގެ އެދިވަޑައިގަތުމަށް މިއަދު ކެންސަލް ކުރެވުނު އިރު އެންމެ ފަހުން އޮތް އަޑު އެހުންވެސް ވީ ކެންސަލެވެ.  

ފަޓާސް ބަރިއެއްހެން ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދާ ފުއްގިރި މައްސަލައިގެ މިއަދުގެ އަޑު އެހުން ކެންސަލްވީ، "މައްސަލައިގައި ދައުވާކޮށްފައިވާ އަބްދުﷲ ޔާމީންގެ ހާލުކޮޅު ހުންނެވި ގޮތުން، އެމަނިކުފާނު އެދިވަޑައިގެންފައިވާތީ" ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.

މިއަދުގެ ކުރިން އެންމެ ފަހުން ބާއްވަން އޮތް އަޑު އެހުން ކެންސަލްވީ، އެ މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވާ ސަން ކުންފުނިތަކުގެ ވަކީލުން އެހެން ޝަރީއަތަކަށް ހާޒިރުވާން ޖެހިގެންނެވެ.

މި މައްސަލާގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ދައުވާ އަދި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން އެ ފައިސާ ލޯންޑާކުރި ކަމުގެ ދައުވާ ކުރެއެވެ. 

މި މައްސަލައިގައި މިހާރު ކުރިއަށްދަނީ ހެކި ބަސް ނެގުމުގެ މަރުހަލާއެވެ. އެންމެ ފަހުން ބޭއްވުނު އަޑު އެހުމުގައި ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު ދެއްވި ދަބަހެއްގެ ވާހަކަ، ޝަރީއަތަށްވަނީ އައިސްފައެވެ.

ކްރިމިނަލް ކޯޓުގައި ހިންގަން އޮތް މައްސަލަ މިއަދު ކެންސަލްވީއިރު، އެ މަނިކުފާނުގެ ކެންޑިޑެސީ ގަބޫލް ނުކުރި މައްސަލަ ސުޕްރީމް ކޯޓަށް މިހާރުވަނީ ބަލައިގެންފައެވެ. އެ މައްސަލައިގެ އަޑު އެހުންތައްވެސް ވަރަށް އަވަހަށް ފެށޭނެއެވެ.

0%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް