ads
ކަނޑު ގަދަ ދުވަހެއްގެ މަންޒަރެއް
އެމެރިކާގައި މީހަކު ކަނޑަށް ވެއްޓި ގެއްލުނުތާ ފަސް ގަޑި އިރު ފަހުން ސަލާމަތްކޮށްފި
މީހަކު ކަނޑަށް ވެއްޓި ގެއްލިގެން އުޅޭތާ ފަސް ގަޑި އިރަށް ވުރެ ގިނައިރު ފަހުން ސަލާމަތް ކޮށްފިއެވެ.
Advertisement

އެމެރިކާގެ ނިއުޔޯކްގެ ލޯންގް އައިލެންޑުގައި އޮއެ ގަދަކަމުން ކަނޑަށް ވެއްޓުނު މީހަކު ފަސް ގަޑިއިރު ވަންދެން ކަނޑުމަތީގައި އޮއްވާ ސަލާމަތްކޮށްފައިވާ ކަމަށް އެގައުމުގެ ފުލުހުން ވަނީ ބުނެފައެވެ. 

މިދިޔަ ހޯމަ ދުވަހުގެ ފަތިހު 5:00 އެހާކަންހާއިރު ބެބިލޯންގެ ގޮނޑުދޮށަށް ފީނަން ގޮސް އުޅެނިކޮށް އޮއެ ގަދަ ކަމުން ދަމާގެތް ކަނޑަށް ވެއްޓި ގެއްލިގެން ފުލުހުން ހޯދާފައިވަނީ އުމުރުން 63 އަހަރުގެ ޑޭން ހޯ ނަމަކަށް ކިޔާ މީހެކެވެ. 

މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުން ގެއްލިގެން އުޅެނިކޮށް މި މީހާ ފުލުހުން ހޯދުމުގެ މަސައްކަތް ފަށައިގެން ކުރިއަށް ދިޔައި އެންމެ ފުރަތަމަ ފެނިފައި ވަނީ ހަލާކުވެފައި އޮތް ދޮށްޓެއް ކަމަށެވެ. 

އެ ދޮށީގައި އެ މީހާ ސަލާމަތް ވުމަށް މަސައްކަތް ކުރުމުގެ ގޮތުން ލައިގެން ހުރި ގަމީސް ބަނދެފައިވާ ކަމަށްވެސް އެސަރަހައްދުގައި ހަރަކާތްތެރިވި މަސް ދޯންޏަކާއި ހަވާލާދީ ފުލުހުން ބުނެފައިވެއެވެ. 

މަސް ދޯނީގައި ތިބި ދެމީހުންނަށް ޑޭން ހޯ ފެނިފައިވަނީ ގާތްގަނޑަކަށް ކިލޯ މީޓަރަކަށްވުރެ ދުރުންނެވެ. 

ޖިމް ހޯހޯސްޓް އާއި މައިކަލް ރޮސް ނަމަކަށް ކިޔާ މި ދެ މީހުން ހޯ ސަލާމަތްކޮށް އެމީހުންގެ ދޯންޏަށް އެރުވުމަށް ފަހު އެހީއަށް އެދި ފުލުހުންނާއި ރޭޑިއޯ މެދުވެރިކޮށް ވާހަކަދައްކާ މައުލޫމާތު ހިއްސާ ކުރިއެވެ.

ސަފޯކް ޑިޕާޓްމަންޓުގެ މެރިން ބިއުރޯގެ އޮފިސަރުން ހޯ އެމީހުންގެ ބޯޓަށް ގެންގޮސް ފަސްޓް އެއިޑް ދިން ކަމަށް ފުލުހުން ބުންޏެވެ. އެ މީހުން އޭނާ ގެންދިޔައީ އެމެރިކާގެ ކޯސްޓްގާޑުގެ ފަޔާ އައިލެންޑް ސްޓޭޝަނަށް ކަމަށެވެ. އަދި އޭނާ ހޮސްޕިޓަލަށް ދިއުމުގެ ކުރިން އިތުރު ފަރުވާ ހޯދިއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް