ލީލާގެ އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައިވަނީ އެހެން ދާއިރާއެއްގައި މަސައްކަތް ކުރެއްވުމަށް ބޭނުންވާތީ މެންބަރުކަމުން އިސްތިއުފާ ދެއްވަނީ ކަމަށެވެ.
ވަޒީފާއާ ބެހޭ ޓްރައިބިއުނަލުގެ މެމްބަރުކަމުން ލީލާ އިސްތިއުފާ ދެއްވިތާ ކުޑައިރުކޮޅެއް ފަހުން އޭނާވަނީ ދަ ޑިމޮކްރެޓްސްއަށް ސޮއި ކުރައްވާފަ އެވެ.
ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ތ. އަތޮޅާއި ދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ވެސް ލީލާ ބައިވެރިވެވަޑައިގަންނަވަ އެވެ.
ޑިމޮކްރެޓްސް އުފެދުނު ފަހުން ސަރުކާރުގައި ތިއްބެވި އެޕާޓީއަށް ތާއީދުކުރާ ފަރާތްތަކުން ދަނީ އިސްތިއުފާދީ އެޕާޓީއާއި ގުޅެމުންނެވެ.