ads
ކުޑަކުދިންގެ ހިޔާގެ ސީއީއޯ - މުއުމިނާ އާދަމް
ކުޑަކުދިންގެ ހިޔާގެ ސީއީއޯގެ މަގާމަށް މުއުމިނާ އައްޔަން ކުރައްވައިފި
ކުޑަކުދިންގެ ހިޔާގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް ބްރޯޑްކާސްޓިން ކޮމިޝަނުގެ ކުރީގެ މެމްބަރު މުއުމިނާ އާދަމް ރައީސުލް ޖުމްހޫރިއްޔާ ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.

މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯސަލް ސާވިސަސްގެ ދަށުން ހިންގަވަމުންގެންދަވާ ކުޑަކުދިންގެ ހިޔާގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް މުއުމިނާ އައްޔަނު ކުރެއްވީ މިއަދު އެވެ. 

މިނިސްޓަރުންގެ ނައިބުން ފެންވަރުގައި މުއުމިނާ އެ މަގާމަށް އައްޔަން ކޮށްފައިވާއިރު އޭނާ ވަނީ ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ "ހެލްތް ޕްރޮމޯޝަން އެޑްވައިޒަރީ ބޯޑު"ގެ މެންބަރުކަމާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުކަން އަދާކުރައްވާފައެވެ. މީގެ އިތުރުން މީޑިއާ ދާއިރާއާ ކުޅިވަރުގެ ދާއިރާގައި ދިގުމުއްދަތެއްގައި ހިދުމަތްކުރައްވާފައެވެ.

މުއުމިނާ އާދަމް ވަނީ ސަރުކާރުން ދެއްވާ ހިތްވަރު ދިނުމުގެ ގައުމީ އިނާމު 2014 ވަނަ އަހަރު ހާސިލްކޮށްފައެވެ. އަދި 2019 ވަނަ އަހަރު ރެހެންދި އެވޯޑުވެސް އޭނާ ވަނީ ހާސިލް ކުރައްވާފައެވެ. މުއުމިނާ އަކީ ޔޫތް މިނިސްޓަރު މަހުލޫފުގެ ބޮޑުދައިތަ އެކެވެ.

ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގާ ހިޔާގެ ސީއީއޯ އަކަށް މުއުމިނާ ހަމަޖެއްސެވީ ކުރިން އެ މަގާމުގައި ހުންނެވި އަބްދުއްޝުކޫރު އަބްދުލް ހަކީމް އެ މަގާމުން އެކަހެރިކޮށް ބެހެއްޓުމަށް ފަހު އެވެ. މިދިޔަ ޖެނުއަރީ މަހު ޝުކޫރު ސަސްޕެންޑު ކުރީ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ތަހުގީގު ކުރާ މައްސަލައަކާ ގުޅިގެންނެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް