ads
ބިނާވެށި ޕްލޭން ކުރުމާ ގުޅޭގޮތުން ކެޕޭސިޓީ އިތުރުކުރަން ތަމްރީނު ޕްރޮގްރާމެއް އެކުލަވާލައި ހިންގުމުގެ އެއްބަސްވުމެއްގައި ސޮއިކުރުން - ފޮޓޯ:އެލްޖީއޭ
ބިނާވެށި ޕްލޭން އާ ގުޅޭގޮތުން ކެޕޭސިޓީ އިތުރުކުރަން ތަމްރީނު ޕްރޮގްރާމެއް
ބިނާވެށި ޕްލޭން ކުރުމާ ގުޅޭގޮތުން ކެޕޭސިޓީ އިތުރުކުރުމަށް ތަމްރީނު ޕްރޮގްރާމެއް އެކުލަވާލައި ހިންގުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ބިނާވެށި ޕްލޭންކުރުމާ ގުޅޭގޮތުން ލޯކަލް ކައުންސިލްތަކާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަދި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަނަންސް (އެމްއައިއެލްޖީ) ގެ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި ތަމްރީނު ޕްރޮގްރާމެއް އެކުލަވާލައި ހިންގުމަށް، ލޯކަލް ގަވަމަންޓް އޮތޯރިޓީން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ) ގެ ފެކަލްޓީ އޮފް އިންޖިނީއަރިންގް، ސައިންސް އެންޑް ޓެކްނޮލޮޖީ އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެލްޖީއޭއިން ބުނީ ޖުލައި މަހުގެ 31 ވަނަ ދުވަހުން ފެށިގެން މި މަހުގެ 13 ވަނަ ދުވަހަށް، މާލޭގައި ކުރިއަށް ގެންދާ މި ތަމްރީނު ޕްރޮގްރާމުގައި އަތޮޅު/ސިޓީ/ރަށު ކައުންސިލްތަކާއި އެލްޖީއޭ އަދި އެމްއައިއެލްޖީގެ ފަރާތުން ޖުމްލަ 50 މުވައްޒަފުން ބައިވެރިވާ ކަމަށެވެ.

މި ޕްރޮޖެކްޓުގެ މައިގަނޑު މަގުސަދަކީ ސްޓޭކްހޯލްޑަރުންގެ މަޝްވަރާތަކުގެ ތެރެއިން ފަހުގެ ޓެކްނޮލޮޖީގެ ވަސީލަތްތަކާއި އާލާތްތަކުގެ އެހީގައި ދެމެހެއްޓެނިވި ތަރައްގީގެ އުސޫލުތަކާ އެއްގޮތަށް ބިނާވެށި ޕްލޭންތައް ތައްޔާރުކޮށް، އަދާހަމަކޮށް، ބެލެހެއްޓުމުގެ ކެޕޭސިޓީ އިތުރުކުރުން ކަމަށް އެލްޖީއޭއިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް