ads
ޓްރީ ޓޮޕް ހޮސްޕިޓަލުން ފެށި ބެކް ޓު ސްކޫލް ޕްރޮމޯޝަން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ - ފޮޓޯ:ޓްރީ ޓޮޕް ހޮސްޕިޓަލް
ޓްރީ ޓޮޕް ހޮސްޕިޓަލުން ބެކް ޓު ސްކޫލް ޕްރޮމޯޝަން ފަށައިފި
ޓްރީ ޓޮޕް ހޮސްޕިޓަލުން ބެކް ޓު ސްކޫލް ޕްރޮމޯޝަން ފަށައިފިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ ބެކް ޓު ސްކޫލް ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މި މަހުގެ ދެ ވަނަ ދުވަހުން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. މި ޕްރޮމޯޝަނުގެ ބޭނުމަކީ ކުދިން ސްކޫލަށް ދާން ތައްޔާރުވަމުންދާއިރު ރަނގަޅު ސިއްހަތެއްގައި ހުރިކަން ކަށަވަރު ކުރުން ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެފައިވަނީ މި ޕްރޮމޯޝަނުގައި ވެލް ޗައިލްޑް ޕެކޭޖުން އެކި އުމުރުފުރާތަކަށް ހާއްސަކޮށްގެން ތަފާތު ޑިސްކައުންޓުތައް ލިބިގެންދާނެ ކަމަށެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނި ގޮތުގައި މި ޕެކޭޖުގައި އެކުލެވިގެންވަނީ ތަފާތު އިންވެސްޓިގޭޝަންތަކާއި ޕްރޮސީޖަތައް ކަމުގައެވެ. އޭގެ ތެރޭގައި ކުޑަކުދިންގެ ޑޮކްޓަރާ އެކު އެސެސްމަންޓް ހެއްދުން، ފިޒިކަލް އެގްޒެމިނޭޝަން، އިސްކޮޅު، ބަރުދަން އަދި ބީއެމްއައި، ނިއުޓްރިޝަނަލް އެސެސްމަންޓް، ބްލަޑް ޕްރެޝަ، ގްލޫކޯޒް ފާސްޓިން، ފުލް ބްލަޑް ކައުންޓް، އަޔަން އެންޑް ފެރިޓިން، ވިޓަމިން ޑީ، ޔޫރިން އެނަލައިސިސް، ވެކްސިންދިނުމުގެ ޝެޑިއުލް އިސްލާހުކުރުން، ލިވަ ފަންކްޝަން ޓެސްޓް، ރެނަލް ފަންކްޝަން ޓެސްޓް، ޑެންޓިސްޓް ސްކްރީނިން، ޓޯޓަލް ކޮލެސްޓްރޯލް އެޗްޑީއެލް، އަދި ޓްރައިގްލިސެރައިޑްސް، ކުޑަކުދިންގެ ޑޮކްޓަރުންނާ އެކު ތަހުގީގުތައް ރިވިއުކުރުން އަދި ޖީ6ޕީޑީ ސްކްރީނިން ހިމެނޭ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

އެކި އުމުރުފުރާތަކަށް ހާއްސަކޮށްފައިވާ ޑިސްކައުންޓް ރޭޓްތައް:

  • ވެލް ޗައިލްޑް (6 އަހަރުން ދަށުގެ) 5 އިންސައްތަ ޑިސްކައުންޓް  
  • ވެލް ޗައިލްޑް (6-12 އަހަރު) 15 އިންސައްތަ ޑިސްކައުންޓް 
  • ވެލް ޗައިލްޑް (13-18 އަހަރު) 15 އިންސައްތަ ޑިސްކައުންޓް

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ކުޑަކުދިންގެ ސިއްހީ ދުޅަހެޔޮކަމަށް ވަރަށް ބޮޑަށް ބާރުއަޅާ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލުން ބުނީ ސިއްހީ ޗެކްއަޕް ކުރުމަކީ ކުދިންގެ ސިއްހަތާއި ހެދި ބޮޑުވުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމެއް ކަމަށެވެ. އެހެންކަމުން ބެކް ޓު ސްކޫލް ޕްރޮމޯޝަނަކީ ދިރާސީ އަހަރު ފެށުމުގެ ކުރިން ދަރިންގެ ސިއްހަތަށް އިސްކަންދިނުމަށް ބެލެނިވެރިންނަށް ބާރުއެޅުމަށް ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ ހޮސްޕިޓަލެކެވެ. އެގޮތުން މިހާރުވެސް އެ ހޮސްޕިޓަލުން އަންނަނީ އެންމެފަހުގެ ވަސީލަތްތަކާ އެކު ތަފާތު ހިދުމަތްތައް ތައާރަފު ކުރަމުންނެވެ.

އިތުރު މައުލޫމާތު ހޯދުމަށް 3351610 ގުޅުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް އެ ހޮސްޕިޓަލުން އެދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް