
ރަޝިޔާގެ ވީގަން އިންފްލޫއެންސަރެއް ކަމަށްވާ ޒާނާ ސަމްސޮނޯވާ 10 އަހަރު ވަންދެން ރޯ ފުޑް ޑައިޓެއް އުޅުމަށްފަހު މަރުވީ އިއްޔެއެވެ.
އުމުރުން 53 އަހަރުގެ ސަމްސޮނޯވާގެ ޑައިޓްގެ ސަބަބުން އުމުރުގެ ފަހު ދެ އަހަރު އޮތީ އެނދު މަތިވެފައެވެ. އޭނަ ދުވަހެއް ދުވަހަކަށް ނާޒުކުވެ ބަލިކަށިވެ، ގުނަވަންތައް ފެއިލްވާން ފެށިއެވެ. އެންމެ ފަހުން އޭނާ މަރުވީ ހިތް ހުއްޓުމުގެ ސަބަބުންނެވެ.
ސަމްސޮނޯވާގެ މަރުގެ ސަބަބުން ރޯ ފުޑް ޑައިޓެއް ތަބާވުމުން ކުރިމަތިވެދާނެ ނުރައްކާތަކާ މެދު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ރޯ ފުޑް ޑައިޓްތަކުގައި އާންމުކޮށް އެކުލެވިގެންވަނީ އެއްވެސް ގޮތަކަށް ކައްކާފައި ނުވަތަ ޕްރޮސެސްކޮށްފައި ނުވާ މޭވާއާއި ތަރުކާރީއާއި ނަޓްސް އަދި އޮށެވެ.
ރޯ ފުޑް ޑައިޓެއް ކެއުމުން ސިއްހީ ގޮތުން ލިބިދާނެ ބައެއް ފައިދާތައް ހުރި ނަމަވެސް، އެކަށީގެންވާ ވަރަށް ކެލޮރީ އާއި ނިއުޓްރިއެންޓްސް ލިބެމުންދާކަން ޔަގީން ކުރުން މުހިންމެވެ.
ރޯ ފުޑް ޑައިޓެއް ފަށަން ވިސްނަމުންދާނަމަ ފުރަތަމަ ޑޮކްޓަރާ ވާހަކަ ދެއްކުމަކީ މުހިންމު ކަމެކެވެ.