ads
އެމްބީބީއޭ އާއި އައިބީސީން ގުޅިގެން ބާއްވާ 'ވިޒިޓް މޯލްޑިވްސް ޕްރޯ 2023' އައިބީސީ ބޮޑީބޯޑިން ވޯލްޑް ޓުއާގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގުން ސޮއިކުރުން - ފޮޓޯ:ދިރާގު
ވިޒިޓް މޯލްޑިވްސް ޕްރޯގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އާއި އިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ) އިން ގުޅިގެން ބާއްވާ 'ވިޒިޓް މޯލްޑިވްސް ޕްރޯ 2023' އައިބީސީ ބޮޑީބޯޑިން ވޯލްޑް ޓުއާގެ ޑިޖިޓަލް ޕާޓްނަރަކަށް ދިވެހިރާއްޖޭގެ ގުޅުން (ދިރާގު) ސޮއިކޮށްފިއެވެ.
Advertisement

'ވިޒިޓް މޯލްޑިވްސް ޕްރޯ 2023' އަކީ އައިބީސީ ވޯލްޑް ޓުއާގެ މޯލްޑިވްސް ޕްރޯ ސީރީޒްގެ ދެވަނަ އެޑިޝަންއެވެ. ދިރާގުން ބުނީ މި އިވެންޓަކީ އޭޝިއާ ސަރަހައްދުގައި ބޭއްވޭ އެންމެ ބޮޑު ބޮޑީބޯޑިން އިވެންޓަށް ވާނެކަމަށް ލަފާކުރެވޭއިރު، މިދިޔަ އަހަރު ރާއްޖޭގައި ބޭއްވުނު އިވެންޓް ވަނީ 2022 ވަނަ އަހަރުގެ ވޯލްޑް ޓުއާގެ އެންމެ ކާމިޔާބު އިވެންޓުގެ ގޮތުގައި ރޭޓް ކުރެވިފައި ކަމަށެވެ. އެގޮތުން މި އަހަރުގެ އިވެންޓަށް ދުނިޔޭގެ ފެންވަރުގެ މަޝްހޫރު އެތައް ބޮޑީބޯޑަރުންނާ އެކު މިދިޔަ ފަހަރަށް ވުރެ ދެގުނަ އިތުރަށް އެތުލީޓުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައި ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ބުނީ އިވެންޓް ކުރިއަށް ދާނީ މިއަދުން ފެށިގެން މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް މާލޭގެ ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި ކަމަށެވެ.

"ވިޒިޓް މޯލްޑިވްސް ޕްރޯ 2023 އައިބީސީ ބޮޑީބޯޑިން ވޯލްޑް ޓުއާގެ ޑިޖިޓަލް ޕާޓްނަރަށްވެ، ދެވަނަ ފަހަރަށް މި އިވެންޓް ރާއްޖެއަށް ގެނެސްދިނުމަށް އެހީތެރިވެދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މީގެ އިތުރުން ރާއްޖޭގައި ބޮޑީބޯޑިން ހަލުވިކަމާ އެކު ކުރިއަރަމުން އައުމާއި އަޅުގަނޑުމެންގެ ގައުމީ އެތުލީޓުން ރާއްޖޭގެ ރާޅުތަކުގައި އަދި ބައިނަލްއަގުވާމީ ފެންވަރުގައި ވިދާލާތަން ފެނުމަކީވެސް އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ފަހުރެއް،" - ދިރާގުގެ ކަސްޓަމާ ސާވިސަސް އެންޑް ރީޖަނަލް އޮޕަރޭޝަންސްގެ ޑިރެކްޓަރު، މަސްއޫދު އަލީ-

އެމްބީބީއޭގެ ރައީސް، އަބްދުالله އަރީފް ވިދާޅުވި ގޮތުގައި ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ މި އިވެންޓް ދެ ވަނަ ފަހަރަށް ރާއްޖޭގައި ކުރިއަށްވުރެ ފުރިހަމަކޮށް ގެނައުމުގައި ދިރާގުން ދެމުން ގެންދާ އެއްބާރުލުމަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރާ ކަމުގައެވެ. މި އަހަރު ރާއްޖޭގައި ބާއްވާ މި އިވެންޓަކީ އައިބީސީ ޓުއާގެ ރޭންކިންއަށް ވަރަށް މުހިންމު އިވެންޓެއް ކަން ފާހަގަކުރައްވާ އަރީފް ވިދާޅުވީ މި އިވެންޓަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ހުނަރުވެރި ބޮޑީބޯޑަރުން އައިސް، ރާއްޖެއަކީ ކުރިއަރާފައިވާ ބޮޑީބޯޑިން މަންޒިލެއްގެ ގޮތުގައި ދުނިޔޭގައި މަޝްހޫރުވުމަށް އިތުރަށް މަގުފަހިވެގެންދާނެ ކަމަށެވެ.

ދިރާގަކީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށާއި އަދި މި ދާއިރާގައި ޝާމިލްވާ ފަރާތްތަކަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭ މިފަދަ އިވެންޓްތަކަށް އަބަދުވެސް އެއްބާރުލުންދެމުން އަންނަ ކުންފުންޏެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް