ads
އަލީ ވަހީދު އަދި ގާސިމް އިބްރާހިމް
ގާސިމްގެ އިންތިހާބީ އެޖެންޓަކަށް އަލީ ވަހީދު ހަމަޖައްސައިފި
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ އިންތިހާބީ އެޖެންޓަކަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ހަމަޖައްސަވައިފިއެވެ.

ގާސިމް އިބްރާހިމްގެ ސްޕެޝަލް އެޑްވައިޒަރަކަށް ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ހަމަޖެއްސެވީ އިއްޔެގެ ވަގުތެއްގައެވެ. 

ޖޭޕީގެ ރައީސްގެ މަގާމުގައި އަލީ ވަހީދު ހުންނަވަނިކޮށް، އެ ޕާޓީގެ އަސާސީ ގަވައިދަށް ގެނައި އިސްލާހަކާ ގުޅިގެން އޭނާއަށް މަގާމު ގެއްލުނީއެވެ. ނަމަވެސް، އޭނާއަކީ އަދިވެސް އެ ޕާޓީގެ މެމްބަރެކެވެ.

ގާސިމްގެ ސްޕެޝަލް އެޑްވައިޒަރު ކަމުގެ މަގާމުގައި ތިއްބަވަނީ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާނާއި ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހުމަދާއި ކުރީގެ ޕޮލިސް ކޮމިޝަނަރު ނަވާޒާއި ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދުގެ އިތުރުން ކުރީގެ ނައިބު ރައީސް ޖިހާދެވެ.

މިއާއެކު މިހާރު ގާސިމްގެ ސްޕެޝަލް އެޑްވައިޒަރުންގެ އަދަދު ވަނީ ހަތަކަށް އަރައިފައެވެ.

ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް ޤާސިމް އަދި ފޯމު ހުށަހަޅުއްވާފައެއްނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް