ބުރު ސްޕޯޓްސްއާ ސަސް މިއަދު ހަވީރު ކުޅުނު މެޗުން ސަސް މޮޅުވީ ދެ ލަނޑު އެއް ލަނޑުންނެވެ. މި މޮޅާ އެކު، ސަސް އިން ފުރަތަމަ ބުރު ނިންމާލާނީ ލީގުގެ ތިން ވަނައިގަ އެވެ.
އެ ޓީމަށް ހަތް މެޗުން 15 ޕޮއިންޓް ލިބިފައިވާއިރު، ބުރު ހަތަރު ވަނައިގައި އޮތީ ހަތް މެޗުން 12 ޕޮއިންޓާ އެކު އެވެ. ލީގުގެ ދެ ވަނައިގައި އޮތް ކްލަބް އީގަލްސްގެ އޮތީ ހަ މެޗުން 15 ޕޮއިންޓެވެ.
މިއަދު ހަވީރު ކުޅުނު މެޗު ފަށައިގެން ހަ ވަނަ މިނިޓްގައި ސަސްއަށް ފުރަތަމަ ލަނޑު ޖަހައިދީ މެޗުގެ ލީޑު ނަގައިދިނީ އަހުމަދު ހުސާމް (ހުސާންކޮ) އެވެ. ސަސްގެ ދެވަނަ ލަނޑު، ދެ ވަނަ ހާފުގެ ކުރީކޮޅު ޖެހީވެސް ހުސާންކޮއެވެ. ބުރު ޓީމުން ޖެހި ލަނޑު ޖެހީ ބުރުގެ ކެޕްޓަން، އަހުމަދު ރަޝީދު (އައްމަޑޭ) އެވެ.