އެމެރިކާ ލީގްސް ކަޕްގެ ގަދަ 32 ޓީމު ވާދަކުރާ ބުރުގައި މިއާމީން އޯލަންޑޯ ސިޓީގެ މައްޗަށް ކުރި ހޯދީ 3-1 އިންނެވެ. އިންޓަމިއާމީގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ މެސީއެވެ.
މިއީ އިންޓަމިއާމީ އަށް ބަދަލުވި ފަހުން މެސީ އެ ޓީމަށް ކުޅެދިން ތިން ވަނަ މެޗެވެ. ފުރަތަމަ މެޗުގައި އޭނާ ކުޅެން ނުކުމެފައި ވަނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. އެ މެޗުގައި މެސީ ވަނީ ފަހު ވަގުތު ހިލޭ ޖެހުމެއްގައި ލަނޑު ޖަހައިފަ އެވެ. ދެ ވަނަ އަށް ކުޅުނު މެޗުގައި ވެސް އޭނާ ވަނީ ދެ ލަނޑު ޖަހައިފަ އެވެ. މި މެޗުގައިވެސް ދެ ލަނޑެވެ.
މި މެޗުގައި ވަނީ ދާދި ފަހުން މިއާމީ އަށް ސޮއިކުރި ޖޯޑީ އަލްބާ ވެސް ކުޅެން އަރުވައިފަ އެވެ. މިއީ ބާސެލޯނާ އަށް ފަހު، މެސީ، އަލްބާ އަދި ސާޖިއޯ ބުސްކެޓްސް އެއް ޓީމަކަށް ކުޅުނު ފުރަތަމަ މެޗެވެ.