ads
ރައީސް އަބްދުﷲ ޔާމިން މިއަދު ސުޕްރީމް ކޯޓުގައި
ޔާމިންގެ ސުވާލުއް: ހައްގު ގެއްލޭފަހުން މައުސޫމްކަން ހާމަވެއްޖެނަމަ ހަދާނީ ކިހިނެތްތޯ؟
ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓު، ރައީސް އަބްުދުﷲ ޔާމިންއަށް އިންތިހާބުގައި ވާދަކުރުމުގެ ހައްގު ގެއްލޭފަހުން އިސްތިއުނާފުގެ މަރުހަލާތައް ނިމި އެމަނިކުފާނަކީ މައުސޫމް ބޭފުޅެއްކަން ހާމަވެއްޖެނަމަ ހަދާނީ ކިހިނެއްތޯ؟ އެމަނިކުފާނު މިއަދު ސުޕްރީމް ކޯޓުގައި ސުވާލު އުފައްދަވައިފިއެވެ.
Advertisement

ރައީސް ޔާމީން މިއަދު މި ސުވާލު އުފެއްދެވީ، ސުޕްރީމް ކޯޓުގައި ރައީސް ޔާމިންގެ ފަރާތުން އިލެކްޝަންސް ކޮމިޝަން (އީސީ)އާއި ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައިގައި، އެމަނިކިފާނުގެ ދިފާއުގައި ވާހަކަ ދައްކަވަމުންނެވެ. 

އީސީއާ ދެކޮޅަށް ރައީސް ޔާމިން މައްސަލަ ހުށަހެޅުއްވީ އެމަނިކުފާނުގެ ކެނޑިޑަސީ ގަބޫލުނުކުރަން ނިންމުމުންނެވެ. 

ރައީސް ޔާމިން ވިދާޅުވީ، އެމަނިކުފާނުގެ ކެނޑިޑަސީއާމެދު ސުވާލު އުފެދިގެން އުޅެނީ ހައިކޯޓުން ވެސް އެމަނިކުފާނުގެ އިސްތިއުނާފުގެ މައްސަލަ ނުނިމުމުންކަމަށެވެ. އަދި ރައީސް ޔާމިންގެ އިސްތިއުނާފުގެ މައްސަލަ ނުނިމުކަކީ "އެޑްމިނިސްޓްރޭޓިވް ޖަސްޓިސް" ނުލިބުންކަމަށް އެމަނިކުފަނު މިއަދު ވިދާޅުވިއެވެ. 

"އަޅުގަނޑު މިއަދު މިތަނަށް މިއައީ ތިބޭފުޅުން އިންސާފް ގާއިމްކޮށްދެއްވާތޯ؟ މިހާރު މިދަނީ އެޑްމިނިސްޓްރޭޓިވް ޖަސްޓިސް ސިސްޓަމެއް. އަޅުގަނޑު އެއްގޮތަކަށް ވެސް ކޯޓުތަކުގެ ފަނޑިޔާރުންނަށް އެއްޗެއް ދަންނަވަނީއެއް ނޫން. ކޯޓުގަ މި މައްސަލައިގަ އިޖުރާތް ހިނގާ ގޮތުގެވާހަކަ މި ދެންނެވީ. ކޯޓުން ގަވާއިދުން ކުރިއަށް ގެންދިޔަނަމަ އިސްތިއުނާފުގެ މި މައްސަލަ ނިމިއްޖައީހޭ،" - ރައީސް ޔާމިން-

ރައީސް ޔާމިން ވިދާޅުވީ ހައިކޯޓަށް ވ. އާރަށުގެ މައްސަލައިގައި އިއްވާފައިވާ 11 އަހަރުގެ ޖަލުހުމުގެ މައްސަލަ އިސްތިއުނާފު ކުރީ ދަށު ކޯޓުން ނިންމާފައިވާ ނިންމުންތަކުގައި "ފަރުވާ ލިބެންޖެހޭ ކަންތައްތަކެއް ހުރިކަން ގަބޫލުކުރެވޭތީ،" ކަމަށެވެ. 

"އެހެން ނޫނީ ހައިކޯޓުން އިސްތިއުނާފުގެ މައްސަލަ ދޫކޮސްލުމުގެ އިހުތިޔާރު އެބައޮތް ނޫންތޯ؟ އެކަމަކު އެއީ އަޅުގަނޑުގެ އުފެއްދުމެއް ނޫނޭ. އަޅުގަނޑުގެ އުފެއްދުމަކަށް ނުވެ ޖުޑީޝަރީގެ ތެރެއިން އަޅުގަނޑު މި ޝަކަލްވަނީ. އެއީ އަދުލްވެރިކަމަކަށް ނުވޭ ނޫންތޯއޭ؟،" ރައީސް ޔާމިން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އިސްތިއުނާފުގެ މަރުހަލާ ކިތަންމެ ދިގުވެގެންވެސް ހިނގައިދާނެކަމަށެވެ. އަދި އެއީ އެމަނިކުފާނުގެ އަތުގައި އޮތް ބާރެއްވެސް ނޫންކަމަށާއި، އެއީ ފޮތެއްގައި ލިޔެފައި އޮތް ގޮތެއްވެސް ނޫންކަމަށެވެ. 

38%
ކަމުގޮސްފި
38%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް