ads
ޑރ. ވަހީދު
ރިޔާސީ އިންތިހާބަށް ހުށަހަޅަން ޑރ. ވަހީދު ކުށުގެ ރެކޯޑު ސާފުކުރަން ހުށަހަޅުއްވައިފި
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ރިޔާސީ އިންތިހާބަށް ކުރިމަތި ލައްވަން ކުށުގެ ރެކޯޑު ސާފުކުރައްވަން ހުށަހަޅުއްވައިފިއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ޑރ. ވަހީދު މި ފޯމު ހުށަހެޅުއްވީ މިއަދުގެ ވަގުތެއްގައެވެ. 

ވަހީދު މަސައްކަތް ކުރައްވަނީ ޕީޕީއެމްގެ ފަރާތުން ޕްލޭން ބީ ކެނޑިޑޭޓެއްގެ ގޮތުގައި ނުކުންނެވުމަށް ކަމަށް ވަނީ އަޑުފެތުރިފައެވެ. 

ޑރ ވަހީދު ކުށުގެ ރެކޯޑު ސާފުކުރައްވަން ހުށަހެޅުއްވިއިރު ޕީޕީއެމްއާއެކު ކޯލިޝަން ހަދާފައި އޮންނަ ޕީއެންސީގެ ކެނޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވަނީ އޭނާގެ ރަނިންމޭޓު މިއަދު އިއުލާނު ކުރައްވާފައެވެ. އެއީ މެންބަރު ހުސެން މުހަންމަދު އެވެ. 

ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ރޭ ވިދާޅުވެފައިވަނީ ޑރ. މުއިއްޒު އަކީ ރައީސް ޔާމިން އަށް ކުރިމަތިނުލެވިއްޖެނަމަ ޕްލޭން ސީ ކަމަށެވެ. 

45%
ކަމުގޮސްފި
9%
އަޑުއެހިތާ މިހުރީ
36%
ސަތޭކައަކުން ސުމެއް
9%
ވަރަށް ސަލާމް
ކޮމެންޓްސް