ads
ރީޖަނަލް އެއާޕޯޓް (އާރުސީއެލް)ގެ މެނޭޖާރ މުހައްމަދު ރިޒުވީ
ގދ. މާވަރުލު އެއާޕޯޓްގައި ރޭގަނޑު ފްލައިޓް ފަށަން ތައްޔާރު ވަނީ
ދާދި ކުޑަދުވަސް ކޮޅެއްގެ ތެރޭގައި މާވަރުލު އެއާޕޯޓް ގައި ރޭގަނޑު ފްލައިޓް އޮޕަރޭޝަން ފެށިގެން ދާނެ ކަމަށް ރީޖަނަލް އެއާޕޯޓް (އާރުސީއެލް)ގެ މެނޭޖާރު މުހައްމަދު ރިޒުވީ ވިދާޅުވެއްޖެއެވެ.

ރިޒުވީ މިހެން ވިދާޅުވީ ހއ. ހޯރަފުށީ އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރިޒުވީ ވިދާޅުވީ ރޭގަނޑު ފްލައިޓް ޖެއްސޭގޮތަށް ގާއިމްވެގެންދާއިރު، އެއާޕޯޓްގެ ސަބަބުން އިގްތިސާދީ ގޮތުންނާއި، އުމްރާނީ އަދި ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ތަރައްގީ ކުރެވިގެންދާނެ ކަމަށެވެ. އޭގެ އިތުރުން ދިވެހި މުޖުތަމައުގެ ވިޔަފާރިތަކަށް އެތައް ލުއި ފަސޭހަ އެއް ގެނަވޭނެ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

އުތުރުގައި ޓްރާންސްޝިޕްމެންޓް ގާއިމް ކުރެވިފައިވުމުން އުތުރުގެ ސަރަހައްދަށް އިގްތިސޯދީ ބޮޑު ބަދަލެއް އައިސްފައިވާ ކަމަށާއި، ފަތުރުވެރުކަމަށްވެސް ބޮޑު ބަދަލެއް އައިސްފައިވާ ކަމަށެވެ. އެމްޑީ ވިދާޅުވީ އެއާޕޯޓް ހުޅުވި ދުވަހުން ފެށިގެން މިއަދާހަމައަށް 1500 ފްލައިޓުގައި ދަތުރު ކޮށްފައިވާ ކަމަށެވެ. އަދި ބައިލައްކައަށް ވުރެ ގިނަ ފަސިންޖަރުން ދަތުރުކޮށްފައިވާކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، 10 ޓަނުގެ ކާގޯ އުފުލާފައިވާކަން ވެސް ރިޒުވީ ފާހަގަކުރެއްވިއެވެ.

އިތުރަށް ރިޒުވީ ވިދާޅުވީ ހޯރަފުށީ އެއާޕޯޓްގެ އިތުރުން އިތުރު، އެއާޕޯޓެއް އޮޕަރޭޓް ކުރަމުންދާކަމަށާއި، އެ އެއާޕޯޓްވެސް ދާދި އަވަހަށް ހުޅުވިގެންދާނެ ކަމަށެވެ.

"ދާދި އަވަހަށް މާވަރުލު އެއާޕޯޓް ރަންވޭ ލައިޓްގެ މަސައްކަތް ކުޑަ ދުވަސް ކޮޅެއްގެ ތެރޭގަ ފެށިގެންދާނެ،" -ރިޒުވީ-

މި ގޮތަށް ތަރައްގީ އަށް، ކުރެވޭ މަސައްކަތްތަކުގެ އެންމެބޮޑު ކުރިއެރުމަކީ މުއައްޒަފުން ބިނާކުރުން ކަމަށް ވެސް ރިޒުވީ ވިދާޅުވިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް