އެމްޓީސީސީން ބުނީ މާލެ އާއި ހުޅުމާލެ އާ ދޭތެރޭ ދަތުރުކުރާ ސްކޫލު ކުދިންނާއި އާންމު ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމަށްޓަކައި އެ ކުންފުނިން ފޯރުކޮށްދެމުންދާ ހުޅުމާލެ ޕްރީމިއަމް ފެރީ ހިދުމަތުގެ ޝެޑިއުލަށް ބަދަލު ގެނައުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ހުޅުމާލެ ޕްރީމިއަމް ފެރީ ހިދުމަތުގެ ޝެޑިއުލަށް ބަދަލު ގެނައުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން ކަމަށް އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީން ބުނި ގޮތުގައި ރަސްމީ ދުވަސްތަކުގައި ހުޅުމާލޭން ޕްރީމިއަމް ފެރީ ފުރުމަށް ހަމަޖެހިފައިވަނީ ހެނދުނު 6:30 ގައި ކަމުގައެވެ. މާލޭން ފެރީ ފުރުމަށް ހަމަޖެހިފައިވަނީ ހެނދުނު 7:00 ގައި ކަމަށް އެމްޓީސީސީން ބުނެއެވެ. އެ ކުންފުނިން ބުނެފައިވަނީ ރަސްމީ ދުވަސްތަކުގެ ހެނދުނު 6:30 އިން ފެށިގެން ދަންވަރު 12:00 ޖަހަންދެން މާލެ އާއި ހުޅުމާލޭންވެސް ގަޑިއިރަކު އެއްފަހަރު ފެރީ ދަތުރުތައް ބާއްވާނެ ކަމަށެވެ.
ހުކުރު ދުވަހު ޕްރީމިއަމް ފެރީ ހިދުމަތް ހުޅުމާލޭން ހެނދުނު 6:30 ގައި އަދި މާލޭން 7:00 ގައި ފަށާއިރު، ހުކުރު ނަމާދު ވަގުތަށް ފެރީ ދަތުރުތައް މެދުކަނޑާލުމަށް އެމްޓީސީސީން ވަނީ ނިންމާފައެވެ. އެގޮތުން މެންދުރު ކުރީގެ ފަހު ދަތުރަށް ހުޅުމާލޭން ފެރީ ފުރުމަށް ހަމަޖެހިފައިވަނީ 10:30 ގައި ކަމަށް އެ ކުންފުނިން ބުނެއެވެ. އެމްޓީސީސީން ބުނީ މާލޭން ހުޅުމާލެއަށް ދިއުމަށް ފެރީ ފުރާނީ ހެނދުނު 11:00 ގައި ކަމަށެވެ.
އެމްޓީސީސީން ބުނި ގޮތުގައި ޕްރީމިއަމް ފެރީ ހިދުމަތް ހުކުރު ނަމާދު ވަގުތަށް މެދުކަނޑާލުމަށްފަހު އަލުން ފެށުމަށް ނިންމާފައިވަނީ މެންދުރުފަހު 2:30 ގައި ހުޅުމާލޭން ކަމުގައެވެ. މާލޭން ފެރީ ފުރުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 3:00 ގައި ކަމަށް އެމްޓީސީސީން ބުނެއެވެ. ރަސްމީ ދުވަސްތަކޭ އެއްގޮތަށް ދަންވަރު 12:00 ޖަހަންދެން މާލެ އާއި ހުޅުމާލެ އާ ދެމެދު ގަޑިއިރަކު އެއްފަހަރު ފެރީ ދަތުރުތައް ބާއްވާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
ހުޅުމާލެ ޕްރީމިއަމް ފެރީ ހިދުމަތުގެ ޝެޑިއުލަށް ގެނައި ބަދަލާ ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް އެ ކުންފުނީގެ ހޮޓްލައިން ނަންބަރު 1650 އަށް ގުޅުމަށް އެމްޓީސީސީން ވަނީ އެދިފައެވެ.