ads
ކުދިން ސްކޫލަށް ދަނީ ، ދިރާސީ އާ އަހަރުގައި 73000 ކުދިން ތައުލީމް ހާސިލް ކުރޭ: ފޮޓޯ/މުހައްމަދު އަހްތަރު
ބޮޑު ޗުއްޓީއަށް ފަހު ދިރާސީ އާ އަހަރުގެ ކިޔެވުން ފަށައިފި
ބޮޑު ޗުއްޓީ އަކަށް ފަހު، ދިރާސީ އާ އަހަރުގެ ކިޔެވުން 84،000 އަށް ވުރެ ގިނަ ކުދިންނާ އެކު މިއަދު ފަށައިފި އެވެ.

ދިރާސީ އާ އަހަރު ފެށިއިރު މުޅިރާއްޖޭގައި 73000 ކުދިން އެކި ސުކޫލުތަކުގައި ތައުލީމް ހާސިލް ކުރަމުންއެބަދެއެވެ. 

އޭގެ ތެރެއިން 25,000 އަށް ވުރެ ގިނަ ކުދިން ކިޔަވާނީ މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގެ ސްކޫލްތަކުގައި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ގްރޭޑް އެކަކަށް 7،000 އަށް ވުރެ ގިނަ ކުދިންނަށް އަލަށް މި އަހަރު ޖާގަ ދީފައިވާއިރު، އޭގެ ތެރެއިން މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ހިންގާ ސަރުކާރުގެ ސްކޫލްތަކަށް 2،491 ކުދިން ކިޔަވާނެ އެވެ.

މި ދިރާސީ އާ އަހަރުގައި ރާއްޖޭގައި ކިޔަވައިދޭ ސްކޫލްތަކުގެ އަދަދަކީ 216 އެވެ.

އޭގެ ތެރޭގައި މާލޭގައި އަލަށް ކިޔަވައިދޭން ފަށާ ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތާއި ހުޅުމާލޭގައި ހެދި ސީއެޗްއެސްއީގެ އާ އިމާރާތް އަދި ހުޅުމާލެ 2 ގައި އިމާރާތް ކޮށްފައިވާ ސަލާހުއްދީން ސްކޫލް ހިމެނެ އެވެ.

އެ ތިން ސްކޫލްގައި ވެސް ކިޔަވައިދޭނީ އެއް ދަންފަޅިއަށެވެ. 

ދަރުމަވަންތަ ސްކޫލް ކުރިން ހިންގި އިމާރާތަށް އަރަބިއްޔާ ސްކޫލްގެ ކުދިންގެ ކިޔެވުން މިއަދުން ފެށިގެން ވަނީ ވަގުތީ ގޮތުން ބަދަލުކޮށްފަ އެވެ. އަރަބިއްޔާ ސްކޫލްގެ ދާއިމީ އިމާރާތުގެ މަސައްކަތް އަދިވެސް ނުފަށަ އެވެ.

ދިރާސީ އާ އަހަރަށް ތައްޔާރުވުމުގެ ގޮތުން ކުދިންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ސްކޫލްތަކަށް ފޮނުވުމުގެ މަސައްކަތް މިހާރު ނިމިފައި ކަމަށާއި ޓީޗަރުން ވެސް ހަމަކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އެއީ 6،516 ދިވެހި ޓީޗަރުންނާއި 1،843 ބިދޭސީ ޓީޗަރުންނެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް