ޒަރޫރީ ހާލަތެއް ނެތަސް، ފަނޑިޔާރުންނަށް އިމާމުވެ ހުކުރު ކުރުމުގެ ހުއްދަ ދީފި
ގުފްތަގް އަޖީރު
06 އޯގަސްޓް 2023 - 14:04:58
ޒަރޫރީ ހާލަތެއް ދިމާނުވިއަސް، ފަނޑިޔާރުންނަށް އިމާމުވެ ހުކުރު ކުރުމުގެ ހުއްދަ ޖުޑީޝަލް ސީވިސް ކޮމިޝަނުން ދީފިއެވެ.
އެ ހުއްދަ ޖޭއެސްސީން ދިނީ މިދިޔަ ހަފްތާގައެވެ. ކުރިން އޮންނަނީ ޒަރޫރީ ހާލަތްތަކުގައި އިމާމުވެ ހުކުރު ކުރެވިދާނެކަމަށް ބުނެފައެވެ.
ޖޭއެސްސީން މި ނިންމުން ނިންމި ނަމަވެސް، ހުކުރު ކުރާ ފަނޑިޔާރުންނަށް އިތުރު އިނާޔަތެއް ނުލިބޭނެއެވެ.
"ފަނޑިޔާރުން އިމާމުވެ ހުކުރު ނަމާދު ކުރުމަކީކޮމިޝަނުން ދެކޮޅުހަދާ ކަމެއް ނޫން،" ޖޭއެސްސީން ނެރުނު ސާކިއުލާގައި ބުނެފައިވެއެވެ.
ފަނޑިޔާރުންނަށް ހުކުރު ކުރުމުގެ ހުއްދަ ލިބުމާއެކު ބައެއް ރަށްރަށުގައި އިމާމުވެ ހުކުރު ކުރާ މީހުން މަދުވެގެން ދިމާވެފައި އޮންނަ މައްސަލައަށް ކޮންމެވެސް މިންވަރެއްގެ ހައްލެއް ލިބިގެން ދާނެކަމަށް ބެލެވެއެވެ.
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް