ads
ޕްރޮފެސާ އުގެއިލް-- ފޮޓޯ: ވަގުތު
ޕްރޮފެސާ އުގެއިލްގެ އެދެނީ ރައީސް ސާލިހާއި އަސްލަމް ކާމިޔާބުވުމަށް
އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި، އެމަނިކުފާނުގެ ރަނިންމޭޓު މުހައްމަދު އަސްލަމް އަށް ޕްރޮފެސާ ހަސަން އުގައިލް މަރުހަބާ ދަންނަވައިފިއެވެ.

އުގެއިލް މަރުހަބާ ދަންނަވައި ކާމިޔާބީއަށް އެދިލެއްވީ  މިއަދު އޭނާ ކުރެއްވި ޓުވީޓެއްގައެވެ. 

"ރިޔާސީ އިންތިޚާބުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއިން ކުރިމަތިލައްވާ އިބޫއަސްލަމަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވަން. އެދެނީ ކަމީޔާބީއަށް،" އުގެއިލް މިއަދު ވިދާޅުވިއެވެ.

ރައީސް ސާލިހު މިއަދު ވަނީ ރިޔާސީ އިންތިހާބަށް ފޯމު ހުށަހަޅުއްވާފައެވެ. އެމަނިކުފާނުގެ ރަނިންމޭޓަކަށް އަސްލަމް ހަމަޖައްސަވާފައިވާއިރު، ރައީސް ސާލިހާއެކު ކޯލިޝަން ހަދާފައިވާ، އަދާލަތު ޕާޓީ އަދި އެމްޑީއޭއިން ވަނީ ރަނިންމޭޓާމެދު ހިތްހަމަ ޖެހޭކަމަށް ބުނެފައެވެ. 

ރައީސް ސާލިހު ގެންދަވަނީ ކެންޕޭނު ދަތުރު ފުޅުތައް ކުރައްވަމުންނެވެ. ނަމަވެސް، ދ އަތޮޅަށް މިއަދު ކުރައްވަން އޮތް ދަތުރުފުޅުވަނީ މޫސުން ގޯސްވުމުގެ ސަބަބުން ކެންސަލްކޮށްފައެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް