ads
އެސްޓީއޯގެ އެމްޑީ ހުސެއިން އަމްރު: އެސްޓީއޯއިން ތައްޔާރުވަމުން ދަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޝޮޕިން މޯލެއް އަޅަން ކަމަށް ވިދާޅުވި - ފޮޓޯ:ސަން
ބޭނުމީ ވެރިކަމެއް ނޫން، ބޭނުމީ އެޑްމިނިސްޓްރޭޝަން އެއް ހިންގަން: އަމްރު
ޑިމޮކްރެޓްސް އިން ނުކުންނަނީ މި ރާއްޖޭގެ ވެރި މީހާ އަށްވާކަށް ނޫން ކަމަށާއި، އެޕާޓީން ނުކުންނަނީ އެޑްމިނިސްޓްރޭޝަން އެއް ހިންގުމަށް ކަމަށް ޑިމޮކްރެޓިކް ޕާޓީގެ ރަނިންމޭޓް ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.

އަމްރު މިހެން ވިދާޅުވެފައިވަނީ ރިޔާސީ އިންތިހާބަށް ފޯމް ހުށައެޅުމަށް އިލެކްޝަން ކޮމިޝަނަށް ވަޑައިގެން ދެއްކެވި ވާހަކަ ފުޅުގައެވެ.

އަމްރު ވިދާޅުވީ އިލްޔާސް ލަބީބާއި އެބޭފުޅާ ރައީސް ކަމަށް ނުކުތީ އެކީގައި މަސައްކަތް ކުރަން ކަމަށާއި، ޓީމް ވޯކެއްގެ ގޮތުގައި ކުރިއަށް ދިއުމަށް ކަމަށެވެ.

"ދެމީހުން މި ނުކުންނަނީ ރާއްޖޭގެ ވެރިމިހާ އަށްވާކަށްނޫން. ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ސަރުކާރެއް އެޑްމިނިސްޓްރޭޝަން ހިންގައިދެން،" އަމްރު

ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދޭނެ ކަމަށާއި، އެހެންކަމުން ދެ ބޭފުޅުން ވެސް ބަހާލައިގެން ކަންކަން ކުރިއަށް ދެވޭނެ ކަމަށް އަމްރު ވަނީ ވިދާޅުވެފައެވެ.

އަމްރު އަކީ ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށްހުންނެވި ބޭފުޅެކެވެ. ނަމަވެސް އަމްރުވަނީ ދާދި ފަހުން އޭނާ ހުންނެވި މަގާމުން ވަކި ކޮށްފައެވެ. 

އަމްރުވަނީ ޑިމޮކްރެޓްސްގެ ޕްރައިމަރީއަށް ވާދަކުރަންވެސް ޝައުގުވެރިކަން ފާޅުކުރައްވައެވެ. ނަމަވެސް އޭނާ ކުރިމައްޗެއް ނުލައްވައެވެ. 

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް