ads
އޮސްޓްރޭލިއާ ކުޅުންތެރިން އުފާ ފާޅުކުރަނީ
އޮސްޓްރޭލިއާއިން 12 ވަނަ ފަހަރަށް ނެޓްބޯޅަ ވޯލްޑްކަޕް ކާމިޔާބުކޮށްފި
ނެޓްބޯޅަ ވޯލްޑް ކަޕްގެ ތަށި އޮސްޓްރޭލިއާއިން ކާމިޔާބު ކޮށްފިއެވެ.

މިއީ އޮސްޓްރޭލިއާއިން މި މުބާރާތް ކާމިޔާބުކުރި 12 ވަނަ ފަހަރެވެ. އޮސްޓްރޭލިއާއަކީ މި މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބުކުރި ޓީމެވެ. އެޓީމު ފިޔަވާ ދެން އެންމެ ގިނަ ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައި ވަނީ ނިއުޒިލެންޑުންނެވެ. ނިއުޒިލެންޑުން ވަނީ މި މުބާރާތް އަށް ފަހަރު ކާމިޔާބު ކޮށްފައެވެ. 

މުބާރާތުގެ ފައިނަލުގައި އިންގްލެންޑުގެ މައްޗަށް އޮސްޓްރޭލިއާއިން ކުރިހޯދީ 61-45 ންނެވެ. ނަމަވެސް މީގެ ކުރިން، މި މުބާރާތުގައި އިނގިރޭސިވިލާތުން ވަނީ 56-55 ން އޮސްޓްރޭލިއާގެ މައްޗަށް ކުރިހޯދާފައެވެ. 

އިންގްލެންޑަށް މިހާތަނަށް އަންހެނުންގެ ނެޓްބޯޅަ ވޯލްޑް ކަޕް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ނަމަވެސް އެޓީމުން ވަނީ މީގެ ކުރިން އެއްފަހަރު މުބާރާތުގެ ދެވަނަ ހޯދާފައެވެ. އިނގިރޭސިވިލާތުން މުބާރާތުގެ ރަނައަޕްކަން ހޯދީ 1975 ވަނަ އަހަރުއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް