ads
އިލްޔާސް ލަބީބް ޑިމޮކްރެޓްސްގެ ޕްރައިމަރީގައި ވާދަ ކުރުމަށް ފޯމް. ހުށައަޅަނީ
މައްސަލަ ހައްލުކޮށް އިލްޔާސް ލަބީބުގެ ކެންޑިޑެންސީ އީސީން ބަލައިގެންފި
ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ ފޯމުގައި މައްސަލަތަކެއް ހުރުމުން ފާސްނުކޮށް މަޑު ޖައްސާލައިފަ އޮތުމަށްފަހު އިލްޔާސް ލަބީބުގެ ކެންޑިޑެންސީ އިލެކްޝަނުން ބަލައިގެންފިއެވެ.

އަންނަ ސެޕްޓެމްބަރުމަހު އޮންން ރިޔާސީ އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން ކުރިމަތި ލެއްވުމަށް އިލްޔާސް ލަބީބު އިލެކްޝަނަށް ފޯމް ހުށައަޅާފައިވަނީ އިއްޔެއެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ، އިލްޔާސްގެ ފޯމު ފާސް ނުކުރެވުނީ ލިޔުމެއް މަދުވެގެން ކަމަށެވެ.

މިހާރު އިލެކްޝަން ކޮމިޝަނުން ބުނެފައިވަނީ ފޯމުގެ މައުލޫމާތާއި ތަކެތި ބަލައި ޗެކް ކުރިއިރު، ގާނޫނުގައިވާ ގޮތުގެ މަތިން އިލްޔާސް ލަބީބު ޝަރުތު ހަމަވާ މީހެއް ކަމަށް ބަލައި، ހުށައެޅި ހުށައެޅުން ކޮމިޝަނުން ގަބޫލު ކޮށްފައިވާ ކަމަށެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވާނީ މިއަދު 2:00 ގެ ނިޔަލަށެވެ. މިހާރު ފޯމު ހުށަހެޅުއްވި ބޭފުޅުންގެ ތެރޭގައި ހިމެނެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ރައީސް ގާސިމް އިބްރާހިމް އާއި، ޕީޕީއެމް، ޕީއެންސީގެ ކޯލިޝަނުގެ ކެންޑިޑޭޓް، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާއި، އެމްއެންޕީގެ ކެންޑިޑޭޓް، ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްގެ ފޯމެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް