ads
ރަައީސް ސޯލިހު ދ. މީދޫގައި
މަސްވެރިކަމުގައި ހުރި އުނދަގޫތަކުގެ ވާހަކަ މީދޫގެ ގިނަބަޔަކު ފާހަގަކުރޭ: ރައީސް
މަސްވެރިކަމުގެ ހުރި އުނދަގޫތަކުގެ ވާހަކަތައް ކޮންމެ ދެމީހަކުން އެކަކު ފާހަގަކޮށްފައިވާ ކަމަށާއި އެ މައްސަލަތައް ހައްލުކޮށްދެއްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ކެމްޕެއިނަށް ދ. އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ދ. މީދޫ އަށް މިއަދު ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

މަސްވެރިކަމަށް ހުރި އުނދަގޫތަކާއި، މިޔަރުގެ އުނދަގުލުން ސަލާމަތް ކުރެވޭނީ މަސްވެރިކަމަށް ކަނޑައަޅާ ސިޔާސަތާއެކީގައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

" މި ރަށުގެ ރައްޔިތުންގެ ވަރަށް ގިނަ ޝަކުވާތައްކެއް ހުރި. ސަލާމް ކުރަމުންދިޔައިރު ވެސް ފިރިހެންބޭފުޅުންގެ އެއްޝަކުވާ އަކަށްވީ މަސްވެރިކަމާއި ގުޅުން ހުރި ކަންތައްތައް. މިޔަރުގެ އުނދަގޫތައް ވެސް ބޮޑު ވާހަކަވެސް ބުނި،" ރައީސް

އަދި މިޔަރުގެ އުނދަގޫ ވާހަކަޔާއި މަސްވެރިކަމުގެ ހުރި އުނދަގޫތަކުގެ ވާހަކަތައް ދިޔައީ ހިއްސާކުރަމުން ކަމަށެސް ރައީސް ވިދާޅުވިއެވެ. އަދި ރައްޔިތުންވަނީ ފަރުމަސްވެރިކަމަށް ހުރި އުނދަގޫތަކުގެ ވާހަކަވެސް ފާހަގަކޮށްފައިވާ ކަމަށެވެ. މި ވާހަކަތައް މީދޫގެ ދެމީހަކުން އެކަކު ކަހަލަގޮތަށް ދިޔައީ ދައްކަމުން ކަމަށް ރައީސް ވިދާޅުވިއެވެ. 

އެގޮތުން އެ އަޑުތައް އަހާފައިވާ ކަމަށާއި، އެކަންތައްތަކަށްހައްލެއް ހޯދުމުގެ މަސައްކަތް މިދަނީ ކުރަމުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން ސިޔާސަތު ތެރޭގައި އެކަންކަން ހިމަނުއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް