މައުސޫމް ދެންމެ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ އެ ޕާޓީން މިއަދު ވަކިވެފައިވާ ކަމަށާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމާއި ޖޭޕީގެ ލީޑާޝިޕާއި މެންބަރުންނަށް ޝުކުރު ދަންނަވާ ކަމަށެވެ.
މައުސޫމް ޖުމްހޫރީ ޕާޓީއަށް ސޮއިކޮށްފައި ވަނީ 2014 ވަނަ އަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހުއެވެެ.
އެ ޕާޓީން މައުސޫމް ވަކިވެފައިވާއިރު އަންނަ މަހު 9ގައި ބާއްވާ އިންތިހާބުގައި ވާދަކުރަން ގާސިމް ހުށަހެޅުއްވި ފޯމު އިލެކްޝަން ކޮމިޝަނުގެ ފަރާތުން ބަލައި ޗެކްކުރުމަށްފަހު ގާނޫނުގައިވާ ގޮތުގެ މަތިން އިންތިހާބީ ޝަރުތު ހަމަވާ ކަމަށް ބަލައި ކެންޑިޑެންސީ ވަނީ ގަބޫލުކޮށްފައެވެ.
އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މިއަދު 2 ޖެހިއިރު ހަމަވިއިރު އިންތިހާބުގައި މިނިވަންކޮށް 3 ކެންޑިޑޭޓަކު ވަނީ ވާދަކޮށްފައެވެ. އަދި އެކި ސިޔާސީ ޕާޓީތަކުން 5 ކެންޑިޑޭޓަކު ވަނީ ވާދަ ކުރައްވާފައެވެ.