ads
ޚަދީޖާ ނާޒިމާ ޒަކަރިއްޔާ، ފިނިވިލް/ދ ރިނބުދޫ
ފުރާނަޔަށް ނުރައްކާ ވަމުންދަނީ އާންމުންގެ އެހީއަށް އެދެން
އދ. ވަންދޫ ވަލީދު އަދާމް އާއި، އޭނާގެ އަންހެނުން ހަދީޖާ ނާޒިމާ ޒަކަރިއްޔާ، ފިނިވިލް/ދ ރިނބުދޫ އަކީ ކައިވެނިކޮށްގެން އުފަލުގައި ދިރިއުޅެމުން އައި ދެ މަފިރިންނެވެ. ނަމަވެސް ހަދީޖާ ކުއްލިއަކަށް ބަލިވާން ފެށިއެވެ. ބޮލަށް އެބުރުން އަރާ ހަދީޖާ ހޮޑުލެވެން ފެށުނު ކަމަށް ވަލީދު ބުންޏެވެ.
Advertisement

އަންހެނުން ބަލިވުމާއެކު ވަލީދަށްވަނީ ވަރަށް އަސަރު ކޮށްފައެވެ. ކުޑަ ދެ ކުދިންބެލޭނެ އެއްވެސް ގޮތެއް ވަލީދަކަށް ނެތެވެ. އަންހެނުންނަށް ތެދުވެ އަމިއްލަ އަކަށް ކާއެއްޗެއް ރޯ ނުފިލުވެއެވެ. ހިނގާބިގާވެ އުޅެވެނީ މަދުފަހަރަކުއެވެ.

އެގޮތަށް އަންހެނުންނަށް ދިމާވާން ފެށުނީ 2013 ވަނަ އަހަރުންފެށިގެން ކަމަށާއި، އެކަމަށް ފަރުވާ ހޯދުމަށް އެކި ޑޮކްޓަރުންނަށް ދެއްކުނުކަމަށް ވެސް ވަލީދު ބުންޏެވެ. ނަމަވެސް ދުވަސްތައް ފާއިތުވެގެންދިޔަ އިރުވެސް ވަލީދު ބުނީ އަސްލު ބަލި ދެނެނުގަނެވޭ ކަމަށެވެ.

ފަހުންފަހުން އައިސް ހަދީޖާގެ މައިބަދަ އާއި ސިކުނޑި އަދި ކަނދުރާގެ މައްސަލަތަކެއް ވެސް ކުރިމަތިވި ކަމަށާއި، އޭގެ ސަބަބުން ވަރަށް ބޮޑަށް ފިޓުޖެހެން ފެށި ކަމަށްވެސް ވަލީދު ބުންނެވެ. ބޭސް ކައިގެންވެސް މިކަން ރަނގަޅު ނުވެ އިތުރަށް ގޯސްވަމުން ދާކަން ފާހަގަވާތީ މި އަހަރުގެ ޖެނުއަރީ މަހުގައި އިންޑިއާއަށް ގޮސް އަންހެނުން ޑޮކްޓަރަށް ދައްކާފައި ކަމަށެވެ.

އިންޑިއާގައި ގާތްގަނޑަކަށް މަހެއް ހާ ދުވަހު ފަރުވާގައި ހުރުމަށް ފަހު ޑަކްޓަރު ދެއްވި ބޭހާއި އެކުގައި އެނބުރި މާލެ އައީ ކަމަށެވެ. އަންހެނުންގެ ހާލަތު ބެލުމަށް 3 މަސް ފަހުން އަލުން އިންޑިޔާ އަށް ދިއުމަށް އަންގާފައިވާތީ ކަމަށެވެ.

ނަމަވެސް ފައިސާގެ ދަތި ކަމާހެދި  6 މަސް ފަހުން އަނެއްކާވެސް އަންހެނުން ޑޮކްޓަރު ދައްކަންދާ ގޮތަށް ހަމަޖެއްސި ކަމަށްވެސް ވަލީދު ބުންޏެވެ. ނަމަވެސް ފަހުން ހަދީޖާ ގޮވައިގެން އިންޑިޔާ އަށް ދިއުމަށް އެއްކުރި ފައިސާ އަނެއްކާވެސް ހުސްވީ އެވެ. އެއީ ދަރިފުޅުބަލިވެ ކަކުހުޅަށް ފަރުވާ ހޯދުމަށް ކުރި މަސައްކަތުގެ ތެރޭގައި ޑޮކްޓަރަށް ދެއްކާ އެކުއްޖާ އަށް ފަރުވާ ހޯދުމުން ކަމަށެވެ.

your imageޚަދީޖާ ނާޒިމާ ޒަކަރިއްޔާގެ ބަލީގެ ހާލަތު އަންގައިދޭ ލިޔުމެއް...

ނަމަވެސް އެނބުރި އިންޑިއާ އަށް ދިއުމަށް ތަނަވަސްކަން ނެތް ކަމަށާއި، މިވަގުތު މި އަންނަނީ މާލެއިން އަންހެނުންނަށް ފަރުވާ ދެމުން ކަމަށެވެ. އެގޮތުން މާލެއަށްވެސް ކޮންމެ މަހަކު ދެ ފަހަރަކު ދާން ޖެހޭ ކަމަށާއި، އަތުން ވަރަށް ހަރަދު ހިނގާކަމަށެވެ. އަދި މިހާރު އިންޑިއާ އިން ޑޮކްޓަރު ދެއްވި ހުރިހާ ބޭހެއް ވަނީ ހުސްވެފައިވާ ކަމަށާއި، އަންހެނުންނަށް އޮތްތަނުން ތެދުނުވެވޭ ކަމަށް ވެސް ވަލީދު ބުންޏެވެ.

" އަންހެނުން ބަލި އެނދުގައި އޮންނަން ޖެހުމުން ކުދިންނަށް ކަންތައްވެސް ކޮށްނުދެވޭ. ކުދިންގެ ކަންތައްތަކަށް ވެސް ވަރަށް ބޮޑަށް ހަރަދުވޭ. އެހެންވުމާއި އެކު ވެސް ބޭރަށް ދެވޭހާ ވަރަށް ފައިސާ އެއް ޖަމާއެއްނުކުރެވޭ" -ވަލީދު-

އަންހެނުން ބަލީގެ ހާލަތަށް ބަލާފައި ބޭރަށް ދާން ފުރަތަމަ ފަހަރު އާސަންދަ ހަމަޖެހުނު ކަމަށާއި، ނަމަވެސް އާސަންދަ ލިބުނީ އަންހެނުންނަށް އެކަނި ކަމަށް ވުމުން ވަލީދަށް އެފަހަރު ދާންޖެހުނީ އަމިއްލަ ޚަރަދުގައި ކަމަށްވެސް ބުންޏެވެ. މިހާރު އާސަންދައަށް އެދުމުން އާސަންދަ ނުލިބޭނެ ކަމަށް އާސަންދަ އޮފީހުން ބުނެފައިވާ ކަމަށް ވަލީދު ބުންނެވެ.


"އަހަރަކު ދެފަހަރު އާސަންދަ ނުލިބޭނެ ކަމަށް އާސަންދަ އޮފީހުން ބުނީ މިއަދު އަނެއްކާ އަންހެނުންގެ ހާލަތު އަންނަނީ ގޯސްވަމުން،"

މިވަގުތު އެންމެ މުހިންމުވަނީ ބޭރުން ހަދަން ހުރި ޓެސްޓުތައް ހެނދުން ކަމަށާއި، އަދި އިންޑިއާ އަށް ގޮސް ހުރުމާއި ކެއުމުގެ ކަންތައްވެސް ބޭނުންވާ ކަމަށެވެ.

"އަޅުގަނޑަށް ލިބެނީ ވަރަށް މަދު އާމަދަނީއެއް. އަޅުގަނޑު އެދެނީ އަންހެނުން ގޮވައިގެން ބޭރަށް ދެވި އަންހެނުންނަށް އެހީވެ ދިނުމަށް" ވަލީދު ބުންޏެވެ.

ވީމާ ބޭރަށް ގޮސް ފަރުވާ ހޯދަން ތިޔަ އެންމެ ބޭފުޅުންގެ ދީލަތި އެހީއަކަށް އެދޭ ކަމަށްވެސް ވަލީދު ބުންނެވެ. ތިޔަ ބޭފުޅުން ވެދެއްވާ އެހީއާއި އަދި ކޮށްދެއްވާ ދުޢާ އަކީ الله ގެ އިރާދަފުޅުން ދައިމީ ޝިފާއެއް ލިބުމުގެ ސަބަބު ކަމުގައިވެސް ވެދާނެ ކަމަށް ވަލީދު ވަނީ ބުނެފައެވެ.

ވަލީދު އެދެނީ الله އަށްޓަކައި ތި އެންމެންގެ ދީލަތި އެހީތެރި ކަމަކަށެވެ. ވަލިދު ބުނީ މީހަކަށް އެހީތެރިވެދީފި އެއްވެސް މީހަކު އަދި މިއަދާއި ހަމައަށް މި ދުނިޔޭގައި ފަޤީރުވެ ނިކަމެތިވެފައެއް ނެތް ކަމަށާއި، އެންމެންގެ ދީލަތި އެހީތެރި ކަމަށް މި ކަމުގައި އެދޭ ކަމަށެވެ.

ގުޅޭނެ ނަންބަރުތައް: 9955074 ވަލީދު އާދަމް (ޚަދީޖާ ނާޒިމާ ޒަކަރިއްޔާ ގެ ފިރިމީހާ)

އެކައުންޓް ނަމްބަރު 7722490623101 (ބިމީއެމްއެލް) ވަލީދު އާދަމް

އެކައުންޓް ނަމްބަރު.  7730000441045 (ޑޮލަރު) ވަލީދު އާދަމް

ނޯޓު: ސީއެންއެމް އެހީގެ ދަށުން ލިޔެފައިވާ އާޓިކަލްތަކުގައި ވާ ފަރާތްތަކަށް އެހީވުމުގެ ކަންކަން އެ ފަރަތާއި ގުޅައިގެން ކުރިއަށް ގެންދިއުން އެދެމެވެ.


22%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
72%
ސަތޭކައަކުން ސުމެއް
6%
ވަރަށް ސަލާމް
ކޮމެންޓްސް