ads
ރައީސް ހުޅުދެލީ މަޝްރޫއުތައް އިފްތިތާހު ކޮށްދެއްވަނީ
ހުޅުދެލީ ރައްޔިތުންނަށް މިއަދު އައީ ތަރައްގީގެ ބޮޑު އީދެއް!
އެއްދުވަހަކު ބޮޑު ހަތަރު ޕްރޮޖެކްޓްގެ ނިންމުން އިފްތިތާހު ކޮށްދެއްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު، ދ. ހުޅުދެލީ ރައްޔިތުންނަށް ހިނިތުންވުން ގެނެސްދީފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި މަޝްރޫއުތައް އިފްތިތާހުކޮށްދެއްވީ، އެމަނިކުފާނު ނިލަންދެއަތޮޅު ދެކުނުބުރިއަށް ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިންނެވެ. 

ރައީސުލްޖުމްހޫރިއްޔާ ވަނީ މިދަތުރުފުޅުގައި ހުޅުދެލީ ބަނދަރާއި ފެނަކަ އޮފީހާއި އިންޖީނުގެ ހުޅުއްވައިދެއްވައި, ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކޮށްދެއްވާފައެވެ. 

ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވި ދ. ހުޅުދެލީގެ ބަނދަރުގެ މަސައްކަތް ކޮށްފައިވަނީ، މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)އާ ހަވާލުކޮށްގެންނެވެ.

ބަނދަރުގެ މަސައްކަތްތަކުގެ ތެރޭގައި 277 މީޓަރުގެ ބޭރުތޮށި ލުމާއި 432 މީޓަރުގެ އެއްގަމު ތޮށި ލުމާއި އަދި ބަނދަރާއި ގުޅޭ އިތުރު މަސައްކަތްތައް ހިމެނެއެވެ.

ހުޅުދެލީ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ކޮށްފައިވަނީ ސާސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ.

ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވީ ހުޅުދެލީގެ އިންޖީނުގެއާއި ފެނަކަ އޮފީސް އިމާރާތަކީ ޖާގަ ތަނަވަސް، އަދި ބޭނުންވާ ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީކޮށްފައިވާ ތަނެކެވެ. 

މިހާރުގެ އިންޖީނުގޭގެ ކެޕޭސިޓީއަކީ 1070 ކިލޯވޮޓެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް