ދިވެހި ވަފުދަކުން ބައިވެރިވާ "ވޯރލްޑް ސްކައުޓް ޖަމްބޮރީ" ބާއްވާ ސަރަހައްދަށް ތޫފާނެއް އަރާނެކަމަށް ކޮރެއާ މީޓިއޮރޮލޮޖިކަލް އެޑްމިނިސްޓްރޭޝަނުން ދިން އިންޒާރާއެކު، ޖަމްބޮރީ މެދުކަނޑާލުމަށްފަހު ޖަމްބޮރީގެ ހުރިހާ ބައިވެރިން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމަށް ނިންމައިފިއެވެ. 
                            
                            
                            
                               
                               
Advertisement
 
                             މި ޖަމްބޮރީގައި 425 ދިވެހިން ބައިވެރިވާކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ. އެމީހުން ރާއްޖެއިން ފުރީ އޮގަސްޓު މަހުއެވެ. 
ޖަންބަރީގައި ބައިވެރިވީ ކޮންބައެއް: 
- ސްކައުޓުންނާއި، ގާލް ގައިޑުން
 - އިންޓަރނޭޝަނަލް ސާވިސް ޓީމު މެމްބަރުން
 - ސްކައުޓް އަދި ގާލްގައިޑް ލީޑަރުން
 
ޖަޕާނުގައި މިހާރު އޮތް "ހެނަން" ތޫފާނުގެ މިސްރާބު ބަދަލުވެ، މި ހަފްތާގެ މެދުތެރޭގައި ކޮރެއާއަށް އަރާނެ ކަމަށްވަނީ ލަފާކޮށްފައެވެ. 
ޖަމްބޮރީ ކުރިއަށްދާ ސަރަހައްދަށް ތޫފާނުގެ ސީދާ އަސަރު ކުރާނެ ކަމަށް ކޮރެއާ މީޓިއޮރޮލޮޖިކަލް އެޑްމިނިސްޓްރޭޝަނުން ލަފާކޮށްފައިވެއެވެ.
ދިވެހި ސްކައުޓް އެސޯސިއޭޝަނުން ވަނީ ދިވެހި ބެލެވެނިން ކަންބޮޑު ނުވާން އެދިފައެވެ. 
"ޖަމްބޮރީގައި ބައިވެރިވާ ދިވެހި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް، ކަމާބެހޭ ފަރާތްތަކާ ގުޅިގެން އަޅަމުންގެންއެބަދޭ. ކޮރެއާއަށް ދިވެހި ސަރުކާރުން ކަނޑައަޅާފައި ހުންނަވާ ނޮން-ރެސިޑެންޓް އެމްބަސެޑާ ހަސަން ސާބިރުގެ އިތުރާ، ކޮރެއާގައި ހުންނަ ދިވެހި ސަރުކާރުގެ ކޮންސިއުލޭޓާވެސްވެސް އަންނަނީ މައުލޫމާތު ބަދަލުކުރަމުން،" -ސްކައުޓް އެސޯސިއޭޝަނުން-
މި ޖަމްބޮރީގައި 155 ގައުމުން 43،000 ބައިވެރިން ވަނީ ބައިވެރިވައެވެ.