ads
ރައީސް ސާލިހު އަދި ރަނިންމޭޓު އަސްލަމް ދ. އަތޮޅު މާއެނބޫދޫގައި
މިއީ މިހާތަނަށް އުފެދުނު އެންމެ ކާމިޔާބު ސަރުކާރު: ރައީސް ސާލިހު
މިއީ މިހާތަނަށް އުފެދުނު އެންމެ ކާމިޔާބު ސަރުކާރު ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ދ.އަތޮޅަށް ކުރައްވަމުން ގެންދަވާ ކެންޕޭނު ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ހުޅުދެއްޔަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މިހެން ވިދާޅުވީ މި ސަރުކާރަށް 90 ޕަސަންޓު ވައުދު ފުދިފައިވާކަން ހާމަކުރައްވަމުންނެވެ. 

"ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ 2018 ވަނަ އަހަރު އަޅުގަނޑުމެން ވައުދުތަކެއް ވިން. އެ ވައުދުތަކުގެ %90 އިރާދަކުރެއްވިއްޔާ މިއަދު ވަނީ ފުދިފަ. ބޮޑެތި ހުރިހާ ވައުދެއް ފުއްދިއްޖެ" ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ރިޔާސީ އިންތިހާބުގައި މިހާތަނަށް 80،000 މެންބަރުންގެ ކޯލިޝަނެއްވެސް އެމަނިކުފާނު އެކުލަވާލާފައިވާކަން ފާހަގަކުރައްވާފައެވެ. 

"އެމްޑީޕީގެ ކޯލިޝަނަކީ މިހާތަނަށް ރިޔާސީ އިންތިހާބަށް ނިކުތް އެންމެ ބޮޑު ކޯލިޝަން،" - ރައީސް ސާލިހު -

ރައީސުލްޖުމްހޫރިއްޔާ ވަނީ މިދަތުރުފުޅުގައި ހުޅުދެލީ ބަނދަރާއި ފެނަކަ އޮފީހާއި އިންޖީނުގެ ހުޅުއްވައިދެއްވައި, ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކޮށްދެއްވާފައެވެ. 

ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވި ދ. ހުޅުދެލީގެ ބަނދަރުގެ މަސައްކަތް ކޮށްފައިވަނީ، މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)އާ ހަވާލުކޮށްގެންނެވެ.

ބަނދަރުގެ މަސައްކަތްތަކުގެ ތެރޭގައި 277 މީޓަރުގެ ބޭރުތޮށި ލުމާއި 432 މީޓަރުގެ އެއްގަމު ތޮށި ލުމާއި އަދި ބަނދަރާއި ގުޅޭ އިތުރު މަސައްކަތްތައް ހިމެނެއެވެ.

ހުޅުދެލީ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ކޮށްފައިވަނީ ސާސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ.

ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވީ ހުޅުދެލީގެ އިންޖީނުގެއާއި ފެނަކަ އޮފީސް އިމާރާތަކީ ޖާގަ ތަނަވަސް، އަދި ބޭނުންވާ ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީކޮށްފައިވާ ތަނެކެވެ. 

މިހާރުގެ އިންޖީނުގޭގެ ކެޕޭސިޓީއަކީ 1070 ކިލޯވޮޓެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް