ads
ރާއްޖެއާ ބަންގްލަދޭޝް އެންމެ ފަހުން ކުޅުނު މެޗު
ރާއްޖެއާ ކުޅުމުގެ ކުރިން ބަންގްލަދޭޝް ދެ ފްރެންޑްލީ މެޗު ކުޅޭނެ
ވޯލްޑްކަޕް ކޮލިފައިން ޕްރިލިމިނަރީ ބުރުގައި ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އަފްގާނިސްތާނާއެކު އެކުވެރިކަމުގެ ދެ މެޗު ކުޅެން ބަންގްލަދޭޝްއިން ނިންމައިފިއެވެ.

ބަންގްލަދޭޝްއިން އަންނަ އޮކްޓޫބަރު މަހު ރާއްޖެއާ ދެކޮޅަށް ކުޅެން ޖެހޭ ދެ މެޗަށް ތައްޔާރުމުގެ ގޮތުން، އެ ޓީމުގެ ކޭމްޕް އަދި ފްރެންޑްލީ މެޗުތައް ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭން މިހާރުވަނީ ހަދާފައެވެ. ބަންގްލަދޭޝްގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ސެޕްޓެމްބަރު މަހު ހަތަރެއްގައި އަދި ހަތެއްގައި އެ ގައުމުން، އެ ގައުމުގައި އަފްގާނިސްތާނާ ދެކޮޅަށް ދެ މެޗު ކުޅޭނެއެވެ. 

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ބަންގްލަދޭޝްގެ ގައުމީ ޓީމް ކޮމިޓީން ބައްދަލުކޮށް، އޮގަސްޓް މަހުގެ 20 ވަނަ ދުވަހު ޓްރެއިނިން ކޭމްޕް ފަށަންވަނީ ނިންމާފައެވެ. 

ވޯލްޑްކަޕް ކޮލިފައިންގައި ރާއްޖެއާ ބަންގްލްދޭޝް ކުޅޭ ފުރަތަމަ މެޗު އޮންނާނީ އޮކްޓޫބަރު މަހުގެ 12 ވަނަ ދުވަހު ރާއްޖޭގައެވެ. އަދި ދެވަނަ މެޗު އޮންނާނީ އޮކްޓޫބަރު މަހުގެ 17 ވަނަ ދުވަހު ބަންގްލަދޭޝްގައެވެ. ޕްރިލިމިނަރީ ބުރުން މޮޅުވާ ބަޔަކު ގްރޫޕް ސްޓޭޖުގައި ކުޅެން ޖެހޭނީ އޮސްޓްރޭލިޔާ، ފަލަސްތީން އަދި ލުބުނާނާ އެކު ގްރޫޕް އައިގައެވެ. 

ރާއްޖެއާ ބަންގްލަދޭޝް ވޯލްޑް ކަޕް ކޮލިފައިންގައި ކުޅެން ޖެހޭއިރު، އެންމެ ފަހުން ރާއްޖެއާ ބަންގްލަދޭޝް ކުޅުނު ވާދަވެރި ރަސްމީ ދެ މެޗުންވެސް ރާއްޖެވީ ބައްޔެވެ. އެއީ ސާފް ޗެމްޕިއަންޝިޕް މި އަހަރު އިންޑިޔާގައި އަދި ފޯ ނޭޝަންސް ކަޕުގައި 2021 ވަނަ އަހަރު ލަންކާގައެވެ. އެކަމަކު މާލޭގައި މިދިޔަ އަހަރު ކުޅުނު ފްރެންޑްލީ މެޗެއްގައި ބަންގްލަދޭޝް އަތުން ރާއްޖެ މޮޅުވެފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް