ads
ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ސީއެންއެމް ޓީވީގެ އިތުރުކާފް ޕްރޮގުރާމްގައި ވާހަކަ ދައްކަވަނީ....
ބޮޑު ތިލަދުންމައްޗަކީ ތަރައްގީ ކުރުމަށް އުނދަގޫތަނެއްނޫން، މިސަރުކާރުން އެކަން ދައްކައިފި
ކުރީ ސަރުކާރު ތަކުން ދެކެމުން އައީ ބޮޑު ތިލަދުންމައްޗަކީ ތަރައްގީގެ ކުރުމަށް އުނދަގޫ ތަނެއްގެ ގޮތަށާއި، ނަމަވެސް އެއީ ތަރައްގީ ކުރުމަށް އުނދަގޫތަނެއް ނޫންކަން މި ސަރުކާރުން ދައްކައިފި ކަމަށް ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވި ސީއެންއެމްޓީވީގެ އިތުރު ކާފް ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހާއްސަކޮށް ބޮޑުތިލަދުންމަތި ތަރައްގީ އާއި ތަހުޒީބަކީ މީގެ ކުރީގެ ހުރިހާ ސަރުކާރަކުންވެސް ކަންބޮޑުވުން އޮތް ކަމެއް ކަމަށެވެ. ނަމަވެސް މީގެ ކުރިން، އެއްބޮލޮކެއްގެ ގޮތުގައި ތަރައްގީ ކުރުމަށް މަސައްކަތް ކުރެވިފައިވާ ކަމަށާއި، ނަމަވެސް ސަރުކާރަތަކުން އެއްބާރުލުންދީފައި ނުވާކަމަށެވެ.

އެހެންއެކަން އޮތް ނަމަވެސް މިހާރު މި ފެންނަނީ ލާމަރުކަޒީ ތަރައްގީ އަތޮޅުގެ ތަކަށް ދިއުމުގެ މިނިވަންކަން އޮތްތަން ކަމަށެވެ. އެކަމުގެ ސަބަބުން އިގްތިސީދީ ތަރައްގި އާއި، އިޖްތިމާއީ ތަރައްގި އާއި، އަދި ސަރުކާރުން ކޮށްދިންތަރައްގީ އަކީ ލިބުނު ވަރަށް ބޮޑު ފުރުސަތެއް ކަމެއްކަމަށް ވެސް ވިދާޅުވެފައިވެއެވެ.

މިހާރު މިފެންނަ ތަރައްގީ އަކީ މިގެ ކުރިން ފެންނަ ތަރައްގީއެއްނޫން ކަމަށާއި، ހަގީގަތުގައި އުތުރު ތަރައްގީ ކުރާނީ މި ސަރުކާރުން ކަމަށް ވެސް ވިދާޅުވިއެވެ.


"މުޅި 95 ފަސް ޕަސެންޓް ތަރައްގި ވަނީ ފުއްދިފަ. ވައުދުގެ އިތުރަށްވެސް ވަރަށް ގިނަ ކަންތައް ކޮށްފައިވަނީ. އޭގެ ތެރެއިން ބައެއް ކަންތައްތައް ނުނިމިހުރީ. އެހެންނަމަވެސް ސަރުކާރުން އެ މަސައްކަތްތަކުގައި ސޮއި ކުރެވި، އެ މަސައްކަތްތައް ކުރަމުންދަނީ،" ޝަރީފް ވިދާޅުވިއެވެ.

ވަރަށް މަދު މަޝަރޫއުތަކެއް ފިޔަވާ ވަރަށް ގިނަ މަޝްރޫތަކެއް މިހާރު ނިމިފައިވާ ކަމަށާއި، ނަމަވެސް މިހާރުގެންދަނީ އަމަލީ މަސައްކަތް ކުރަމުން ކަމަށެވެ. އަދި އުމްރާނީ ތަަރައްގީއަށާއި، އިންސާނީ ތަރައްގީ އަށް ވެސް އެންމެ ގިނަ މަސައްކަތް ކުރައްވާފއިވަނީ މި ސަރުކާރުން ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް