ads
ބާބީ
ބާބީ ގެ ބޮކްސް އޮފީހަށް އެއް ބިލިއަން ޑޮލަރު
ފިލްމު ރިލީޒްކުރިތާ އެއް މަސް ވެސް ނުވަނީސް ބާބީ ފިލްމުގެ ބޮކްސް އޮފީހަށް އެއް ބިލިއަން ޑޮލަރުގެ ލިބިއްޖެއެވެ.

މިއީ "މެޓެލް ޑޯލް ފްރެންޗައިޒް" އެއްގެ މައްޗަށް ބިނާކޮށް ކުޅެފައިވާ ފިލްމެއް މިފަދަ ހިސާބަކަށް ވާލިސްވި ފުރަތަމަ ފަހަރެވެ.  

ފިލްމުގައި ސަމާސާ، ހިތާމައާއި، އަންހެނުން ބާރުވެރިކުވުމުގެ މެސެޖުތަކަށް ގިނަބައެއްގެ ތައުރީފު ލިބިފައިވެއެވެ. އަދި ވިޔަފާރީގެ ގޮތުން ވެސް ކާމިޔާބީއެއް ހޯދާފައިވާއިރު،  ފިލްމު ރިލީޒްކުރިތާ އަދިވީ އެންމެ 17 ދުވަހެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 1.03 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ބޮކްސް އޮފީހުގައި ފިލްމަށް މިހާރުވަނީ ލިބިފައެވެ. 

މިއީ އަންހެނަކު ޑައިރެކްޓްކުރި ލައިވް އެކްޝަން ފިލްމަކަށް، 2023 ވަނަ އަހަރުގެ ލިބުނު އެންމެ ބޮޑު އާމްދަނީއެވެ. 

ބާބީ ފިލްމުގައި ބާބީގެ ރޯލުން ފެނިގެންދާނީ މާގޯޓް ރޮބީއެވެ. ކެންގެ ރޯލުން ރަޔަން ގޮސްލިންގްއެވެ. އަދި ސިމޫ ލިއު، އެމެރިކާ ފެރެރާ، ކޭޓް މެކިނަން، އެލެގްޒެންޑްރާ ޝިޕް، ވިލް ފެރެލް، އަދި އިސާ ރޭ ފަދަ އެންސެމްބަލް ކާސްޓެއް ވެސް މި ފިލްމުގައި ހިމެނެއެވެ. ގްރެޓާ ގޭރްވިގް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގޭރްވިގް އާއި ނޯއާ ބައުމްބާކް ލިޔެފައިވާ ފިލްމެކެވެ.

ބާބީ ފިލްމަކީ 1980 އާއި 1990 ގެ އަހަރުތަކުގައި ރިލީޒްކުރި ކުރީގެ ބާބީ ފިލްމުތަކާ ތަފާތު ފިލްމެކެވެ. ސީދާ ކުޑަކުދިންގެ ފިލްމަކަށް ވުމުގެ ބަދަލުގައި އާ ބާބީ ފިލްމަކީ ފެމިނިސްޓް މެސެޖެއް އެކުލެވޭ ގޮތަށް ބޮޑެތި މީހުންނަށް ހާއްސަ ކޮމެޑީއެކެވެ. 

ބާބީ ބްރޭންޑް ދުނުޔެއަށް ތައާރަފްކުރިތާ މިހާރު 60 އަހަރު ވެއްޖެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް