ފިޔާޒު ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެމްޕޭނު ދަތުރުގައި ގދ. މަޑަވެއްޔަށް ވަޑައިގެން އެ ރަށުގައި ޖަލްސާ ބާއްވަން ތައްޔާރުކޮށްފައިވާ ތަނުގައި ރޭ ބަޔަކު ހުޅުޖަހައި އަންދާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެކަން ކުށްވެރި ކުރާކަމަށެވެ.
ރައީސް ސޯލިހު މި ވަގުތު ހުންނެވީ މަޑަވެލީގައެވެ.
ނަމަވެސް އެތަން ރޯ ކޮށްފައިވަނީ ރޭ ފަތިހު ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އެތަނުގައި ދަމާފައި ތިބި މެޓް އެއްކޮށް އަނދާފައިވާ އިރު، ގޮނޑިތަކަށް ވެސް އެކި ވަރުގެ ގެއްލުން ވަނީ ލިބިފައެވެ. އެގޮތުން 50 ގޮޑިއެއްވަނީ އަނދާފައެވެ.
މަޑަވެލި އެމްޑީޕީގެ ހަރުގެ އަންދާލަފައި...
ހުޅުޖެހި މައްސަލަ ފުލުހުން ވަނީ ތަހުގީގު ކުރަން ވަނީ ފަށާފައެވެ. ނަމަވެސް، ތުހުމަތުގައި މީހަކު އަދި ހައްޔަރެއް ނުކުރެއެވެ.