ރިލްވާން ގެއްލުވާލިތާ 9 އަހަރު، އިންސާފެއް ނުލިބޭ: އޭޑީއެމް
ގުފްތަގް އަޖީރު
08 އޯގަސްޓް 2023 - 10:55:00
މިނިވަން ނޫހުގެ ނޫސްވެރިއާ އަހުމަދު ރިލްވާން ގެއްލުވާލިތާ މިއަދަށް 9 އަހަރު ވެފައިވާއިރު، ވެސް އަދިވެސް އެ މައްސަލައިގައި އިންސާފު ގާއިމްނުވާކަމަށް އެސޯސިއޭޝަން ފޯ ޑިމޮކްރަސީ އިން މޯލްޑިވްސް (އޭޑީއެމް) އިން ބުނެފިއެވެ.
އޭޑީއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އަހުމަދު ރިލްވާން އަކީ މޯލްޑިވްސް އިންޑިޕެންޑެންޓު ނޫހުގެ ނޫސްވެރިއެއްގެ އިތުރުން ލިޔުންތެރިކަމާއި ދިވެހި ބަސް އަދި ސަގާފަތައް ލޯބިކުރަމުން އައި ޒުވާނެއް ކަމަށެވެ. މީގެ އިތުރުން ޝޯޝަލް މީޑިއާގައި އާންމުންގެ މެދުގައި ނުހަނު މަގުބޫލުކަން ލިބެމުން ދިޔަ މީހެއްކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
"އޭނާގެ ލިޔުންތަކުގައި ސިޔާސީ އަދި އިޖްތިމާއީ މައުލޫތަކަށް އަލިއަޅުވާލާފައިވޭ. ދިވެހިރާއްޖޭގެ ބާރާށް ފެތުރެމުން ދާ ދީނީ ހަރުކަށި ފިކުރާ ދެކޮޅަށް ރިލްވާން އަޑުއުފުލަމުން ގެންދިޔަ. ނަތީޖާއެއްގެ ގޮތުން ރިލްވާނަށް ގިނަގުނަ އިންޒާރުތަކާއި ނުރައްކާ ކުރިމަތިވަމުމަށްފަހު، އެނާ ވަނީ 8 އޮގަސްޓު 2014 ވަނަ ދުވަހު ބަޔަކު ހަމަލާދީ ވަގަށް ނަގައި ގަދަކަމުން ގެއްލުވާލާފަ،" އޭޑީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.
ރިލްވާން ވަގަށް ނެގިތާ މިއަދަށް 9 އަހަރު ވެފައިވާއިރުވެސް، ރިލްވާން ވަގަށްނެގުމަށްފަހު އޭނާއަށް ވީގޮތެއް ކަށަވަރު ކުރެވިފައެއް ނުވާކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
"އެ ކުށުގައި ބައިވެރިވި މީހުން އިންސާފުގެ ކުރިމައްޗަށް ގެނެވިފައެއް ނުވޭ. މީގެ އިތުރުން ރިލްވާން ވަގަށް ނަގައި ގަދަކަމުން ގެއްލުވާލައި އެކަން ހިންގުމުގެ ފަހަތުގައި ތިބި ބަތަކު ހޯދާފައެއް ނުވޭ. މީގެ އިތުރުން ރިލްވާން ވަގަށް ނަގައި ގަދަކަމުން ގެއްލުވާލަން ރާވައި، އެކަން ހިންގުމުގެ ފަހަތުގައި ތިބި ބަޔަކު ހޯދާފައެއް ނުވޭ. ރިލްވާން ގެއްލުވާލައި އެ ހަރަކާތުގެ މަސަލައިގެ ތަހުގީގަށް ބުރޫއަރާފަދަ އެލި އަމަލުތަކުގައި އެކި ގޮތްގޮތުން ބައިވެރިވެފައިވާ ދައުލަތުގެ މުއައްސަސާތަކުގައި ވަޒީފާ އަދާކުރި މީހުންނާމެދު އެއްވެސް ފިޔަވަޅެއް އަޅައިފައެއްވެސް ނުވޭ،" -އޭޑީއެމް-
ރިލްވާނަށް އިންސާފު ހޯދައިދެއްވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހު 2018 ވަނަ އަހަރު އެންމެ ވަރުގަދައަށް ވެ ވަޑައިގެންނެވި އެއް ވައުދު ކަމަށް ވެސް ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް