އަނިޔާ މީހުންގެ ތެރެއިން 4 މީހަކު ހައްޔަރަށް ގެންދިޔަ ކަމަށާއި، ނަމަވެސް މިހާރު އެމީހުން ދޫކޮށްލާފައިވާ ކަމަށް އޭނާ މިއަދު ބުންޏެވެ.
ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ގދ. މަޑަވެއްޔަށް ވަޑައިގެން ޖަލްސާ ބާއްވަން ތައްޔާރުކުރި ސްޓޭޖުގައި ވެސް ރޭ ފަތިހު ވަގުތެއްގައި ހުޅުޖަހައި ވަނީ އަންދާލާއިފައެވެ.
ޝުއޫރު ފާޅު ކުރަން ނުކުތް މީހުން ބުނަމުން ދަނީ އެރަށުގެ ތަރައްގިއަަށް ކުރަންޖެހުނު ވަރަށް ގިނަ ކަންތައް ކުރެވިފައި ނުވާ ކަމަށެވެ. ނަމަވެސް އެ ހިޔާލު ފާޅު ކުރަމުން ދިޔައީ ސުލްހަވެރިކަމާއެކުގައި ކަމަށް އެރަށުން ވާހަަކަދެއްކި މީހަކު ބުންޏެވެ.
އެރަށުގެ ގޭގޭގެ ދޮރުތައް ލައްޕަން އިންޒާރު ދެމުން ފުލުހުން ގެންދިޔަ ކަމަށާއި، އެކަން ބަލައި ނުގަނެވޭނެ ކަމަށްވެސް 'ސީއެންއެމް' އާ ވާހަކަ ދައްކަދެއްކި މީހާ ވަނީ ބުނެފައެވެ.