ads
ރައީސް ސާލިހުގެ ކެންޕޭނު ދަތުރުގެ ތެރެއިން
ހުޅުޖަހަނީ ކާމިޔާބު ވާތީ ފޯކަސް ގެއްލުވާލަން: ރައީސް ސާލިހު
ހުޅުޖަހަނީ ކާމިޔާބު ވާތީ ފޯކަސް ގެއްލުވާލަން ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، މަޑަވެލީގައި އެމަނިކުފާނު ވަޑައިގަންނަވާތީ ތައްޔާރުކޮށްފައި ހުރި ތަން އަންދާލުމާއި ގުޅިގެންނެވެ. 

ރައީސް މިހެން ވިދާޅުވީ މަޑަވެއްޔަށް ވަޑައިގެން ރަށުގެ ބަނދަރު ސަރަހައްދުގައި ބޭއްވި ޖަލްސާގައެވެ.  

"ރިޔާސީ އިންތިހާބެއްގެ ކެމްޕެއިންގައި ވާދަވެރި ކެންޑިޑޭޓުން ކެމްޕެއިން ކުރަމުން ދާއިރުގައި މި ކަހަލަ ބައެއް ކަންތައް އަޅުގަނޑުމެންނަށް އަބަދުވެސް ދިމާވޭ. މަގުސަދަކަށް ވަނީ ފޯކަސް ގެއްލުވާލުން. ހަމަނުޖެހުމަކާ ދިމާލަށް ގެންދިއުން،" ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް ވަނީ މިފަދަ އަމަލުތައް ނުހިންގުމަށް އެދިލައްވާފައެވެ.

ހުޅުޖެހުމަކީ މުޑުދާރު އަމަލެއް ކަމަށާއި، ސިޔާސީ ހަރަކާތް ހިންގަން އެންމެނަށް ފުރުސަތު އޮންނަންވާނެ ކަމަށް ޕީޕީއެމް އަށް ނިސްބަތްވާ، މަޑަވެލި ކައުންސިލް ރައީސް ފިޔާޒު ހަސަން ވެސް ވަނީ ވިދާޅުވެފއެވެ. 

ފިޔާޒު ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެމްޕޭނު ދަތުރުގައި ގދ. މަޑަވެއްޔަށް ވަޑައިގެން އެ ރަށުގައި ޖަލްސާ ބާއްވަން ތައްޔާރުކޮށްފައިވާ ތަނުގައި ރޭ ބަޔަކު ހުޅުޖަހައި އަންދާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެކަން ކުށްވެރި ކުރާކަމަށެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް