ads
ރައީސް ނަޝީދު އަދި ޑިމޮކްރެޓްސްގެ ކެނޑިޑޭޓު އިލްޔާސް ލަބީބް
މީހުން ހައްޔަރުކޮށް، ތަންތަނުގައި ރޯކޮށް، މުދަލަށް ގެއްލުން ދީގެން ނުވާނެ: ރައީސް ނަޝީދު
އިންތިހާބާއި ގުޅުވައިގެން މީހުން ހައްޔަރުކޮށް، ތަންތަނުގައި ރޯކޮށް، މުދަލަށް ގެއްލުން ދީގެން ނުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދޅުވީ، މަޑަވެލީގައި ރައީސް ސާލިހު ވަޑައިގަންނަވާތީ ޖަހާފައި ހުރި ސްޓޭޖާއި މުދާ ރޭ ފަތިހު އަންދާލުމާއި ގުޅިގެންނެވެ. 

"މަޑަވެލި ޖަގަހައިގައި ހުޅުޖެހުން ކުށްވެރިކުރަން،" -ރައީސް ނަޝީދު-

މަޑަވެލީގައި ހުޅުޖެހި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ. 

މީހުން ހައްޔަރު ކުރާތީވެސް ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވާފައިވާއިރު، ދ. ކުޑަހުވަދޫން ޑިމޮކްރެޓްސް ގެ ކައުންސިލް މެންބަރަކު ވަނީ ރޭ ފުލުހުން ހައްޔަރުކޮށްފައެވެ. 

އެ ޕާޓީން ރޭ ނެރުނު ބަޔާނެއްގައި ބަނީ ކުޑަހުވަދޫ އަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ކުރައްވާ ދަތުރުފުޅާ ގުޅުވައި ދަ ޑިމޮކްރެޓްސްގެ އިންޓެރިމް ކައުންސިލްގެ މެންބަރު އަދި ކުޑަހުވަދޫ ކައުންސިލްގެ މެންބަރު އަހްމަދު މައުރޫފްގެ އަމިއްލަ ގޭގައި ޝުއޫރު ފާޅުކުރަމުން ދަނިކޮށް ހައްޔަރުކޮށްފައިވާކަމަށެވެ. އެ އަމަލު ދަ ޑިމޮކްރެޓްސްއިން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް