ads
ރީކޯ އަދި ރައީސް ސޯލިހް——ފޮޓޯ: ޓުވިޓާ
ހުޅުޖެހިއަސް އަދި ފަހަތުން ދުވިޔަސް މޮޅުވާނީ އެމްޑީޕީ: ރީކޯ މޫސަ
ހުޅުޖެހިއަސް އަދި ފަހަތުން ދުވިއަސް ރިޔާސީ އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރާނެކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ރީކޯ މޫސަ މިހެން ވިދާޅުވީ، ގދ މަޑަވެލީގައި ހުރި އެމްޑީޕީގެ ޖަަގަހަ ރޭ އަންދާލުމުންނެވެ. 

ޖަގަހަ އަންދާލިއިރު، އެ ޖަގަހަ އޮތީ ރަސީސް ސާލިހު ވަޑައިގަންނަވާތީ ތައްޔާރުކޮށް ބެނާ ދަމައި ގޮނޑިވެސް ޖަހާފައެވެ. 

"އުފާވެރި އަމާންރާއްޖެއަކަށް  ރައީސްސޯލޙް ކުރައްވާ ކެމޕޭންގެ  މަޤްސަދް ޙާސިލްވަމުންދާވަރު  ބޮޑުތަނުންއިތުރުވެއްޖެMDP އަކީ  ބަދަލުހިފަން  ނުކުންނަ  ބައެއްނޫން  ޖަދަލުކުރުމެއްނެތި  ކަންނިންމުމަކީ  އަޅުގަނޑުމެނގެއަމާޒު،   ހުޅުޖެހިޔަސް  ފަހަތުންދުވިޔަސް  އިރާދަކުރެއްވިއްޔާ  މޮޅުވާނަން،" ރީކޯ މޫސާ މިއަދު ވިދަޅުވިއެވެ. 

ޖަގަހަ އަންދާލި ނަމަވެސް ރައީސް ސާލިހު މިއަދު ވަނީ އެ ރަށަށް ވަޑައިގެންފައެވެ. ރައީސް ކެމްޕޭނު ޖަލްސާ ބޭއްވި އެރަށު ބަނދަރުގައެވެ. 

ޖަގަހަ އަންދާލި މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނައިރު، ޖަގަހަ އަންދާލި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރެއެވެ. 

މަޑަވެއްޔަށް ރައީސް ވަޑައިގަތްވަގުތު މުޒާހަރާކުރި ބައެއް މީހުން ހައްޔަރުކުރުމަށްފަހު ވަނީ ފަހުން ދޫކޮށްލާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް