ads
ގދ. ރަތަފަންދޫގައި ބޭއްވި ބަދަރު ބައްދަލުވުމުގައި ރައީސް ވާހަކަ ފުޅު ދައްކަވަ
ރަތަފަންދޫ އާއި އެ ރަށާއި، ކައިރީގައި އޮންނަ ކެރެއްދޫ ގުޅާލަދޭނަން: ރައީސް
ގދ. ރަތަފަންދޫ އާއި ރަތަފަންދޫ ކައިރީގައި އޮންނަ ގދ. ކެރެއްދޫ ގުޅާލަދެއްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރަތަފަންދޫގައި ބޭއްވި ބަދަނރު ބައްދަލުވުމުގައި ރައީސް ވިދާޅުވީ ރަތަފަންދޫ ކައިރީގައި އޮންނަ ގދ. ކެރެއްދޫ ގުޅާލަދެއްވާނެ ކަމަށެވެ. އެއި ދެރަށް ގުޅާލުމުން ބިންބޮޑުވާނެ ތީ ކަމަށްވެސް ރައީސް ފާހަގަ ކުރެއްވިއެވެ.

އަދި އާ ސިއްހީ މަރުކަޒެއް އެ ރަށުގައި އިމާރާތްކުރުމާއި، ރަތަފަންދޫ ސްކޫލުގައި މަލްޓިޕާޕަސް ހޯލެއް ހެދުމުގެ އިތުރުން ރަތަފަންދޫ ބަނދަރު ތަރައްގީކޮށްދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ލިންކްރޯޑާއި ބޮޑު ދެ މަގުގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ހަދާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ޒަމާނީ ވަސީލަތްތަކާ އެކު އެ ރަށުގައި ޒުވާނުންގެ މަރުކަޒެއް ހެދުމަށް ނިންމާފައިވާ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

"ރަތަފަންދޫގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވަނީ ކުރިންވެސް ތިބި ގޮތަށް، މި ދަތުރުގައި ރިޔާސީ އިންތިހާބުގައި ބައިވެރިވުމަށް" ރައީސް

 

މި ދަތުރުގައި އެމަނިކުފާނާއި އެކު ބައިވެރި ވެއްއްޖެ ނަމަ ރަތަފަންދޫ ރައްޔިތުންނަށް ކުރިއެރުން ލިބޭނެކަމަށް ރައީސް ވިދާޅުވިއެވެ.

 



0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް