ads
ނޭޕާލްގެ މަޗިންދްރާގެ ކުޅުންތެރިން
އޭއެފްސީ ކަޕް: ޕަރޯ ބަލިކޮށް މަޗިންދުރާ އަނެއް ބުރަށް
އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ފުރަތަމަ ބުރުގައި ބޫޓާންގެ ޕަރޯ އެފްސީ ބަލިކޮށް، ނޭޕާލްގެ މަޗިންދްރާ ޔުނައިޓެޑުން އަނެއް ބުރުން ފުރުސަތު ހޯދައިފިއެވެ.

މިއަދު ހަވީރު ޕަރޯ އަތުން ނޭޕާލުގައު، މަޗިންދްރާ ޔުނައިޓެޑު މޮޅުވީ ތިން ލަނޑު ދެ ލަނޑުންނެވެ. މި ނަތީޖާއާއެކު އަންނަ ހަފްތާގައި އިންޑިޔާގެ ގަދަ ބާރު، މޯހަން ބަގާންއާ ދެކޮޅަށް މަޗިންދްރާ ޔުނައިޓެޑު ކުޅެން ޖެހޭނެއެވެ. 

އެ މެޗު ކުޅޭނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. ހަމަ އެ ދުވަހު ރާއްޖޭގެ ކްލަބު އީގަލްސްއާ ބަންގްލަދޭޝްގެ ޑާކާ އަބަހާނީ ކުޅޭނެއެވެ. 

އީގަލްސްއާ އާ އަބަހާނީ ކުޅެގެން މޮޅުވާ ބަޔަކު ވާދަކުރާނީ މޯހަން ބަގާންއާ މަޗިންދުރާ ޔުނައިޓެޑު މެޗުން މޮޅުވާ ބަޔަކާއެވެ. އެއީ ޕްލޭ އޮފް މެޗެވެ. އެ މެޗުން މޮޅުވާ ބަޔަކަށް އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުން ފުރުސަތު ލިބޭނެއެވެ.

ގްރޫޕް ސްޓޭޖުން މިހާތަނަށް ފުރުސަތު ހޯދާފައިވަނީ އިންޑިޔާއިން އޮޑިއްޝާ އެފްސީއާއާ، ރާއްޖޭން މާޒިޔާ އަދި ބަންގްލަދޭޝްއިން ބަޝަންދުރާ ކިންގްސްއެވެ. އެކަަމަކު ޗެމްޕިއަންސް ލީގުގެ ޕްލޭ އޮފްގައި ބަޝަންދުރާ ކުޅެންޖެހޭތީ، ސްޓޭންޑްބައި ޓީމެއްގެ ގޮތުގައި ބަންގްލަދޭޝްގެ އިތުރު ޓީމެއް އޮންނާނެއެވެ. އެ ޓީމަށް ފުރުސަތު ލިބޭނީ ބަޝަންދުރާ ޗެމްޕިއަންސް ލީގަށް ކޮލިފައިވެއްޖެ ނަމައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް