ads
އީތަން ރެކޯޑު ހެދުމަށްފަހު އުފާ ފާޅުކުރަނީ
ލީގުގައި ލަނޑު ޖެހި އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑު އީތަން
ދިވެހި ޕްރިމިއާ ލީގުގައި ލަނޑު ޖެހި އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑު، ކްލަބް ވެލެންސިޔާއަށް ކުޅެމުން އަންނަ އީތަން އިބްރާހިމް ޒަކީ ހަދައިފިއެވެ.

އީތަން މި ރެކޯޑު ހެދީ ލީގުގެ ދެވަނަ ބުރުގައި އަންގާރަ ދުވަހުގެ ހަވީރު ޔުނައިޓެޑް ވިކްޓްރީ އާއި ވެލެންސިޔާ ބައްދަލުކުރި މެޗުގައެވެ. މި މެޗު 2-1 ން ކާމިޔާބުކުރީ ޔުނައިޓެޑް ވިކްޓްރީންނެވެ. ނަމަވެސް ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ ވެލެންސިޔާއިންނެވެ. 

ފުރަތަމަ ހާފުގެ 12 ވަނަ މިނެޓުގައި ވެލެންސިޔާއަށް ލީޑު ނަގައިދިނީ އީތަންއެވެ. މި ލަނޑު އޭނާ ޖެހީ މުހައްމަދު އިލާން އިމްރާނުގެ އެހީތެރިކަމާއެކުއެވެ. 

ލީގުގައި ލަނޑުޖެހި އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑު އީތަން ހެދިއިރު އޭނާގެ އުމުރަކީ 14 އަހަރާއި ނުވަ މަހާއި ދެ ދުވަހެވެ. އޭނާއަށް ލަނޑު ޖަހަން އެހީތެރިވެދިން އިލާންވެސް ވަނީ ލީގުގެ ތާރީހުގައި އޭނާގެ ނަން ފަވާލާފައެވެ. އިލާންއަކީ ލީގު ތާރީހުގައި ލަނޑު ޖެހުމަށް އެހީތެރިވެދިން އެންމެ ހަގު ކުޅުންތެރިޔާއެވެ. މި ރެކޯޑު އޭނާ ހެދީ 14 އަހަރާއި ހަ މަހާއި 22 ދުވަހުގައެވެ. 

އެއްވަނަ ޑިވިޝަނުގައި ލަނޑުޖެހި އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑު އީތަން މުގުރާލީ މީގެ ތިން ދުވަސް ކުރިން، އޭނާ ކުޅެމުން އަންނަ ވެލެންސިޔާގެ ޔޫސުފް އަޔާން އާމިރު އެރެކޯޑު ހަދާފައިވަނިކޮށެވެ. އަޔާން ރެކޯޑު ހެދީ ކްލަބް ގްރީން ސްޓްރީޓްސްއާ ދެކޮޅަށް އެޓީމު ކުޅުނު މެޗުގައެވެ. އޭރު އޭނާގެ އުމުރަކީ 15 އަހަރާއި ހަ މަހާއި 13 ދުވަހެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް