ads
އީގަލްސް މާޒިޔާ ކުރިން ކުޅުނު މެޗެއްގެ ތެރެއިން
އީގަލްސްގެ އޭއެފްސީ މެޗު އޮތުމުން ލީގު މެޗު ފަސްކޮށްފި
އޭއެފްސީ ކަޕުގެ ޕްރިލިމިނަރީ މެޗަށް ކްލަބު އީގަލްސް ބަންގްލަދޭޝްއަށް ދަތުރު ކުރަން ޖެހޭތީ ލީގުގައި މާޒިޔާއާ އީގަލްސް ކުޅެން އޮތް މެޗު ފަސްކޮށްފިއެވެ.

ލީގުގައި މާޒިޔާއާ އީގަލްސް ކުޅެން ޖެހޭ މެޗު އޮތީ މިރެއެވެ. އެހެންނަމަވެސް އެފްއޭއެމުން އެ މެޗު މިހާރުވަނީ ފަސްކޮށްފައެވެ. ދެން އެ މެޗު ކުޅޭނެ ތާރީހެއް އަދި އިއުލާން ނުކުރެއެވެ. 

އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގައި އީގަލްސްއާ ބަންގްލަދޭޝްގެ ޑާކާ އަބަހާނީ ކުޅޭ މެޗު އޮންނާނީ އަންނަ ބުދަ ދުވަހު އެވެ. ބަންގްްލަދޭޝްގައި މި މެޗު ކުޅޭނީ ބުދަ ދުވަހު ރާއްޖޭ ގަޑިން 2:15 ގައެވެ، 

އީގަލްސްއާ އާ އަބަހާނީ ކުޅެގެން މޮޅުވާ ބަޔަކު ވާދަކުރާނީ މޯހަން ބަގާންއާ ނޭޕާލްގެ މަޗިންދުރާ ޔުނައިޓެޑު މެޗުން މޮޅުވާ ބަޔަކާއެވެ. އެއީ ޕްލޭ އޮފް މެޗެވެ. އެ މެޗުން މޮޅުވާ ބަޔަކަށް އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުން ފުރުސަތު ލިބޭނެއެވެ. ނޭޕާލްގެ މަޗިންދުރާ ޔުނައިޓެޑު އިއްޔެވަނީ ޕްރިލިމިނަރީ ފުރަތަމަ މެޗުގައި ބޫޓާންގެ ޕަރޯ އެފްސީ ބަލިކޮށްފައެވެ. 

ގްރޫޕް ސްޓޭޖުން މިހާތަނަށް ފުރުސަތު ހޯދާފައިވަނީ އިންޑިޔާއިން އޮޑިއްޝާ އެފްސީއާއާ، ރާއްޖޭން މާޒިޔާ އަދި ބަންގްލަދޭޝްއިން ބަޝަންދުރާ ކިންގްސްއެވެ. އެކަަމަކު ޗެމްޕިއަންސް ލީގުގެ ޕްލޭ އޮފްގައި ބަޝަންދުރާ ކުޅެންޖެހޭތީ، ސްޓޭންޑްބައި ޓީމެއްގެ ގޮތުގައި ބަންގްލަދޭޝްގެ އިތުރު ޓީމެއް އޮންނާނެއެވެ. އެ ޓީމަށް ފުރުސަތު ލިބޭނީ ބަޝަންދުރާ ޗެމްޕިއަންސް ލީގަށް ކޮލިފައިވެއްޖެ ނަމައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް