ads
އާމިން، ފޮޓޯ: އައިބީސީ
ރާއްޖޭގެ އާމިން ކުއާޓާ ފައިނަލަށް
ރާއްޖޭގައި މިހާރު ކުރިއަށްދާ އައިބީސީ ވޯލްޑް ޓުއާ ވިޒިޓް މޯލްޑިވްސް ޕްރޯ 2023 ގެ ބޮޑީ ބޯޑިން އިވެންޓުގެ ޖޫނިއާ ބައިން ކުއާޓާ ފައިނަލުގެ ޖާގަ އާމިން އުމަރު މޫސާ ކަށަވަރު ކޮށްފިއެވެ.

އޭނާ ކުއާޓާ ފައިނަލުގެ ޖާގަ ޔަގީންކުރީ ތިންވަނަ ބުރުގެ އެއްވަނަ ހީޓުގައި ވާދަކޮށް ހީޓުގެ އެއްވަނަ ހޯދައިގެންނެވެ. އޭނާ ތިންވބަނަ ހީޓުގެ އެއްވަނަ ހޯދީ 12.25 ސްކޯ ކޮށްގެންނެވެ. އާމިން ވަނީ އިއްޔެ ކުރިއަށް ގެންދިޔަ ދެވަނަ ބުރުގައި އޭނާ ވާދަކުރި ހީޓުންވެސް އެއްވަނަ ހޯދާފައެވެ. ދެވަނަ ބުރުގައި އާމިން އެއްވަނަ ހޯދީ 11.65 ގެ ސްކޯއަކުންނެވެ. 

އާމިންއަކީ މިދިޔަ އަހަރުގެ މޯލްޑިވްސް ޕްރޯ ޖޫނިއާ އިވެންޓުގެ ފައިނަލުގައިވެސް ވާދަކުރި ބޮޑީ ބޯޑަރެކެވެ. އޭނާ ވަނީ އެފަހަރުގެ މުބާރާތުގައި ޖޫނިއާ ބައިން ދެވަނަ ހޯދާފައެވެ. މިފަހަރުގެ މުބާރާތާުގައި ކުއާޓާ ފައިނަލަށް ދަތުރުކުރި ރާއްޖޭގެ ހަމައެކަނި ކުޅުންތެރިއަކީވެސް އާމިންއެެވެ. ކުއާޓާ ފައިނަލުގައި އޭނާ ވާދަކުރަން ޖެހޭނީ ޕޯޗުގަލްގެ އެޑުއާޑޯ މާސެޑޯއާ ދެކޮޅަށެވެ.

އާމިން ފިޔަފާ ރާއްޖޭގެ އިތުރު ދެ ބޮޑީބޯޑަރުން ވާދަކުރިއެވެ. ނަމަވެސް ކުއާޓާ ފައިނަލުގެ ޖާގަ ކަށަވަރު ނުކުރެވުނެވެ. ތިންވަނަ ބުރުގެ ތިންވަނަ ހީޓުގައި ވާދަކުރި މުހައްމަދު ޖަރީޝް އާއި ހަތަރުވަނަ ހީޓުގައި ވާދަކުރި އިޔާން އަހުމަދަށް ވެސް ލިބުނީ ހީޓުން ތިންވަނައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް