ads
ހުވަދު އަތޮޅު އުތުރުބުރީ ކަނޑުހުޅުދޫގެ ފެނާއި ނަރުދަމާގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވުން ...
ކަނޑުހުޅުދޫގެ ފެނާއި ނަރުދަމާ އަދި ވޮލީ ކޯޓް ރައީސް ހުޅުއްވައިދެއްވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، ހުވަދު އަތޮޅު އުތުރުބުރީ ކަނޑުހުޅުދޫގެ ފެނާއި ނަރުދަމާގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައި، ފެނަކަ އޮފީސް ޢިމާރާތާއި ވޮލީކޯޓު ހުޅުއްވައިދެއްވައިފިއެވެ.

އެ ރަސްމިއްޔާތުތައް ބޭއްވީ، ހުވަދުއަތޮޅަށް މިހާރު އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރުއެވެ.

ކަނޑުހުޅުދޫގެ ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކޮށްފައި ވަނީ، ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެންނެވެ. އެމަޝްރޫޢުގެ މަސައްކަތްކޮށްފައި ވަނީ ސްޓެޓިކް ކޮމްޕެނީ ޕްރައިވެޓްލިމިޓެޑާއި ޙަވާލުކޮށްގެނެވެ.

ރައީސް މިއަދު ހުޅުއްވައިދެއްވި ކަނޑުހުޅުދޫ، ފެނަކަ އާ އޮފީސް ޢިމާރާތަކީ، 30 މުވައްޒަފުންނަށް އެއްފަހަރާ މަސައްކަތްކުރެވޭނެ ޖާގަ ތަނަވަސް ޒަމާނީ އޮފީސް ޢިމާރާތެކެވެ. ކަނޑުހުޅުދޫގެ އިންޖީނުގެ މީހުން އުޅޭ ސަރަހައްދާއި ދުރުގައި ބިނާކޮށްފައި ވާއިރު، ފެނަކަ އާ އޮފީސް ޢިމާރާތްކޮށްފައި ވަނީ ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދުގައެވެ. ފެނަކަ އޮފީސް ޢިމާރާތް ހުޅުއްވައިދެއްވުމުގެ އިތުރުން، ރައީސްވަނީ، ކަނޑުހުޅުދޫ ވޮލީ ކޯޓުވެސް މިއަދު ހުޅުއްވައިދެއްވާފައެވެ.

ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ މަގުތައް ފަހިކޮށްދިނުމުގެ ގޮތުން ޒަމާނީ ފެންވަރުގެ ފުޓުބޯޅަ ދަނޑުތަކާއި، ފުޓްސަލް ދަނޑުތައް، އަދި ކުޅިވަރު ކޯޓުތައް އަޅައި، ކުޅިވަރުގެ ތެރެއިން ރައްޔިތުންނަށް ދުޅަހެޔޮ އުފާވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުމަށް ސަރުކާރުން ވަނީ ގިނަ މަޝްރޫޢުތަކެއް އަތޮޅުތަކުގައި ހިންގާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް