ads
ބުރު- ސަސް މެޗުގެ ތެރެއިން
ބުރު ބަލިކޮށް ސަސް ދެވަނައަށް
ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ބުރު ސްޕޯޓްސް ކްލަބް ބަލިކޮށް، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ލީގުގެ ދެ ވަނަ އަރައިފިއެވެ.

ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ބުރު ސްޕޯޓްސް ކްލަބް އަތުން ސަސް މޮޅުވީ ދެ ލަނޑު ސުން ލަނޑުންނެވެ.

މިމެޗުން މޮޅުވެ ސަސް އިން ލީގުގެ ދެ ވަނަ އަށް އެރީ އަށް މެޗުން 18 ޕޮއިންޓް ހޯދައިގެންނެވެ. އެކަމަކު އެއީ ލީގުގެ ދެ ވަނައިގައި އޮތް ކްލަބް އީގަލްސް އާއި އެއް ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބައްދަލުކުރަން އޮތް މެޗު ފަސްކުރުމާވެސް ގުޅިގެންނެވެ. އީގަލްސް އަށް ހަތް މެޗުން 17 ޕޮއިންޓް ލިބިފައިވާއިރު، މާޒިޔާ އަށް ވަނީ ހަތް މެޗުން 19 ޕޮއިންޓް ލިބިފަ އެވެ.

މިއަދު ހަވީރު ކުޅުނު މެޗުގައި ސަސް އިން ލަނޑުތައް ޖެހީ އަލީ ނަސޫހު (ޕިލާ) އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ޕިލާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް