ads
ގައުމީ ޗެސް މުބާރާތުގެ ތެރެއިން
ގައުމީ ޖޫނިއާ ޗެސް މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ސީއެންއެެމް
މޯލްޑިވްސް ޗެސް އެސޯސިއޭޝަނުން ބާއްވަން ތައްޔާރުވަމުން އަންނަ ނެޝަނަލް ޖޫނިއާ ޗެސް ޗެމްޕިއަންޝިޕް 2023 ގެ މީޑިއާ ޕާޓްނަރަކަށް ޗެނަލް ނިއުސް މޯލްޑިވްސް (ސީއެންއެމް) ހަމަޖައްސައިފިއެވެ.

މުބާރާތް ކުރިއަށް ދަނީ އޯޕަން އަދި ގާލްސް ޑިވިޝަނަށް ބަހާލައިގެންނެވެ. ކޮންމެ ޑިވިޝަނެއްގައި ހަ އުމުރުފުރާގެ ކުދިން ބައިވެރިވާނެއެވެ. އުމުރުފުރާތައް ބަހާފައިވަނީ 8 އަހަރުންދަށް، 10 އަހަރުން ދަށް، 12 އަހަރުންދަށް، 14 އަހަރުން ދަށް، 16 އަހަރުން ދަށް އަދި 18 އަހަރުން ދަށަށެވެ. 

މިފަހަރުގެ މުބާރާތުގައި 200 އަށްވުރެ ގިނަ ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ. މުބާރާތުގެ މެޗުތައް ކުރިއަށްދާނީ ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ހުންނަ ޗެސް އާކޭޑުގައެވެ. 

ގިނަ އަދަދެއްގެ ކުޅުންތެރިން ވާދަކުރާ މި މުބާރާތުގައި މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނީ 12 އަހަރުން ދަށް، 14 އަހަރުން ދަށް އަދި 16 އަހަރުން ދަށުގެ މެޗުތަކެވެ. މީގެ އިތުރުން 8 އަހަރުން ދަށް، 10 އަހަރުން ދަށް އަދި 18 އަހަރުން ދަށުގެ މެޗުތައް ކުޅޭނީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހުގެ ނިޔަލަށެވެ. 

މިފަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ކެލޯގްސްއެވެ. އަދި ކޯ ސްޕޮންސަރުންނަކީ އެމްޔޫ ސްޓޯރާއި ޔޫރޯ ސްޓޯރެވެ. ޕްރިންޓިން ޕާޓްނަރަކީ 3 ލަޔަން ޕްރިންޓާސްއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް