ads
ހައުސިން މިނިސްޓަރު އަސްލަމް އަދި ގެދޮރުވެރިޔާ ކޮމެޓީގެ މެމްބަރުން
ކުރިއަށް އޮތް ހަފްތާ ތެރޭ ގޯތި ލިސްޓް އިޢުލާން ކުރަނީ!
ކުރިިއަށްއޮތް ހަފްތާގެ ތެރޭ ގޯތި ލިސްޓް އިއުލާން ކުރުމަށް ތައްޔާރުވަމުންދާ ކަމަށް ޕްލޭނިން މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ މުޙައްމަދު އާރިފް ވިދާޅުވެއްޖެއެވެ.

ޕަބްލިކް ސާވިސް މީޑިޔާ ޕީއެސްއެމްގެ "ރާއްޖެމިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޕްލޭނިން މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ މުޙައްމަދު އާރިފް ވިދާޅުވީ މިހާރު ކުރިއަށްދަނީ ބިންތަކުގެ މިން ކަނޑައެޅުމާއި، ބިން ދޭނެ ސަރަޙައްދުތައް ކަނޑައެޅުމުގެ މަސައްކަތް ކަމަށެވެ.

އާރިފް ވިދާޅުވީ ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ލިސްޓް އިޢުލާން ކުރެއްވުމަށް ތައްޔާރުވަމުންދާކަމަށެވެ. ނަމަވެސް އިއުލާން ކުރައްވަނީ ކޮން ތާރީހެއްގައި ކަމެއް ހާމަ ކޮށްފައެެއްނުވެއެވެ.

"ބިންވެރިޔާ ސްްކީމުގެ ދާއިމީ ލިސްޓަކީ މާލޭގެ ރައްޔިތުންނަށް ވަރަށް އުފާވެރި ދުވަހަކަށްވެގެންދާނެ. ބޯހިޔާވަހިކަމަށް ބޭނުންވާ މީހުންނަށް ބޭނުންވަނީ ކިހާވަރެއްގެ ބިމެއްތޯ މިއީ މިހާރު ކުރަމުންދާ މަސައްކަތަކީ. އެކަންކަން ކުރިއަށް އޮތް ދެދުވަހެއްގެ ތެރޭ ނިންމާނަން. ލިސްޓް ނެރެވިގެން ދާއިރު ވަރަށް އުފާވެރި ހަބަރަކަށް އެ ހަބަރު ވެގެންދާނެ" އާރިފް ވިދާޅުވިއެވެ. 

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ވަގުތީ ލިސްޓް އާންމުކުރުމާ އެކު ޕްލޭނިން މިނިސްޓްރީން ބުނީ އެ ސްކީމްގެ ދަށުން ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ސްކީމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ފްލެޓް ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

ޕްލޭނިން މިނިސްޓްރީން ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓަށް އެދި ހުށަހެޅި ފަރާތްތަކުގެ ވަގުތީ ލިސްޓް އާންމުކުރުމަށްފަހު ޕްލޭނިން މިނިސްޓްރީން ބުނީ ވަގުތީ ލިސްޓާ ގުޅިގެން ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން "ގެދޮރުވެރިން ޕޯޓަލް" މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ އިންތިޒާމުވެސް ވެސް މި މަހު ހަމަޖެހިގެންދާނެ ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް