ads
އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާޢީލް ހަބީބު -
ކެންޑިޑޭޓުންގެ ޝަކުވާ ފަސޭހައިން ބެލޭނެ ނިޒާމެއް ގާއިމް ކުރާނަން: ހަބީބު
ކެންޑިޑޭޓުން ކެމްޕެއިނަށް ރަށްރަށަށް ވަޑައިގަތުމުން ހުރަސް އަޅަމުންދާތީ އެކަމުގެ ޝަކުވާ ފަސޭހަ އިން ބެލޭނެ ނިޒާމެއް ގެންނަން ޖެހޭ ކަމަށް އިލެކްޝަން ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ.

އިސްމާއިލް ހަބީބު "ސީންއެންއެމް" އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ އެފަދަ ނިޒާމެއް ގެންނަން ގަސްތު ކޮށްފައިވަނީ ބައެއް ފަރާތްތަކުގެ އަމަލުތައް ހުންނަ ގޮތުން ކަމަށެވެ. 

އެގޮތުން މިހާރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކެންޑިޑޭޓުންނަށް ހުރަސްއެޅުމުގެ އަމަލުތައް ކުރަމުން ގެންދާ ކަމަށާއި، އެ އަމަލުތަކަކީ ބަލައި ގަނެވޭނެ އަމަލުތަކެއްނޫން ކަމަށެވެ.

"އެއް ރަށުންވަނީ ހުޅުވެސް ޖަހާފައި. އަނެއް ރަށުން ވަނީ ރިޔާސީ ކެންޑިޑޭޓަކު ދިޔައިމަ ހަރުގެ ކައިރީގައި ލަވަވެސް ޖަހާފައި. "އިސްމާއިލް ހަބީބު ވިދާޅުވިއެވެ.

ކޮމިޝަނުން އެދެނީ މިފަދަ އަމަކުތައް ހުއްޓުވުން ކަމަށާއި، ގާނޫނިީ ގޮތުންވެސް މިކަމަށް ބެލޭނެ ގޮތެއް ކަނޑައެޅެން ޖެހޭނެ ކަމަށެވެ. އަދި ސުލްހަވެރި ކަމާއެކު ރިޔާސީ ކެންޑިޑޭޓުންގެ ކެމްޕެއިން ކުރެވޭނެ ނިޒާމެއް ގާއިމް ކުރެވޭން ޖެހޭނެ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން ހަބީބު ވިދާޅުވީ ކެންޑިޑޭޓުންގެ މައުލޫމާތު މިހާރު އެމްއެންޑީއެފަށް ފޮނުވާފައިވާ ކަމަށާއި، އެމްއެންޑީއެފުން ސެކިއުރިޓީ ދޭން ޖެހޭ ފަރާތާއި، ގުޅުއްވާ ސެކިއުރިޓީ ދޭ ގޮތަށް ކުރިއަށްދާ ކަމަށެވެ. 

އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއި ރަނިންމޭޓުންނަށް ސެކިއުރިޓީ ދޭން ފަށާފައިވާކަމަށް އެމްއެންޑީއެފުން ވެސް މިއަދު ވަނީ ނުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް