ads
ރައީސް ސޯލިހު ދާންދޫގައި ވާހަކަފުޅުދައްކަވަނީ: ވިދާޅުވީ ފަސް އަހަރުތެރޭ ކުރެވިފައި ހުރި މަސައްކަތުން ވާ ވައުދުތައް ގަބޫލުކުރާނެ ކަމަށް - ފޮޓޯ:އުފާވެރި އަމާން ރާއްޖެ މީޑިއާ
5 އަހަރުތެރޭ ކުރެވިފައިވާ މަސައްކަތުން ވާ ވައުދުތައް ގަބޫލުކުރާނެ: ރައީސް
ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ކުރެވިފައި ހުރި މަސައްކަތުން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ވަމުން އަންނަ ވައުދުތައް ގަބޫލުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން ކުރައްވަމުން ގެންދަވާ ކެމްޕެއިނުގައި މިއަދު ގއ. ދާންދޫއަށް ވަޑަައިގެން އެ ރަށުގެ ސަޕޯޓަރުންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވެފައިވަނީ މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ކޮށްފައިވާ މަސައްކަތުން އެ ޔަގީންކަން މުޅި ރާއްޖޭގެ ރަށްތަކުން ލިބެމުން އަންނަ ކަމަށެވެ.

"އަޅުގަނޑު ހިތުން ތިޔަ ބޭފުޅުން އަޅުގަނޑުމެން މިވާ ވައުދުތައް ގަބޫލުކުރައްވާނެ. މި ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ކުރެވިފައި ހުރި މަސައްކަތުން، އަޅުގަނޑު ހިތުން އެ ޔަގީންކަން މުޅި ރާއްޖޭގެ ރަށްތަކުން އަަޅުގަނޑުމެންނަށް އެބަ ލިބޭ،" - ރައީސް ސޯލިހު-

ދާންދޫގެ ތަރައްގީއަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި ބައެއް ކަންތައްތައް ނިމެމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ކުރިއަަށް އޮތް ތަނުގައިވެސް ރަށުގެ ރައްޔިތުން ބޭނުންވެފައި ހުރި ކަންތައްތައް ކުރުމުގައި ސަރުކާރުން ދެމިތިބޭނެ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ދާންދޫގައި 25 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމުގައެވެ. ކުރިއަށް އޮތް ދައުރުގައި އެ ބިމުގައި ރޯ ހައުސް އަޅައިދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވެފައިވަނީ ސިއްހީ މަރުކަޒު 24 ގަޑިއިރަށް ބަދަލުކޮށް، އެތަނުން ރަނގަޅު ސިއްހީ ހިދުމަތް ލިބޭނޭހެން ވަސީލަތްތައް އިތުރުކޮށްދޭނެ ކަމަށެވެ. ދާންދޫގެ ބޮޑެތި ހުރިހާ މަގުތަކެއް ޒަމާނީ ފެންވަރަށް ހަދައިދީ ތާރުއަޅައިދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ތަފާތު ކުޅިވަރު ކުޅެވޭނެ ފެސިލިޓީތަކާ އެކު، ގައުމީ ފެންވަރުގެ އެތްލެޓިކްސް ސްޓޭޑިއަމެއް އެ ރަށުގައި އަޅައިދޭނެ ކަމަށެވެ.

ރަށުން ބޭންކުގެ ހިދުމަތް ލިބުމަކީ ރަށުގެ ރައްޔިތުން ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށާއި ބޭންކް އޮފް މޯލްޑިވްސް އާ ވާހަކަދައްކައިގެން އެކަމަށް ހައްލެއް ހޯދައިދޭނެ ކަމަށް ރައީސް ވިދާޅުވިއެެވެ. ދާންދޫގެ ރައްޔިތުންގެ އެދުމަކީ ސިއްހީ މަރުކަޒުގެ ވޯޑު އިތުރުކޮށް، ތަނުން ލިބޭ ހިދުމަތްތައް މިހާރަށްވުރެ ފުޅާކުރުން ކަމަށާއި ކުރިއަށް އޮތް ދައުރުގައި ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކޮށް، 30 އެނދުގެ ހޮސްޕިޓަލެއް އަޅައިދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖެއަށް ގެންނަ ބަދަލު، ޖަޒީރާ ރާއްޖެއެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ކުރި މަސައްކަތް ދާންދޫއިން ބަލައިގަނެ، ކުރިއަށް އޮތް ތަނުގައި އުފާވެރި އަމާން ރާއްޖެއެއް ހޯދުމަށްޓަކައި ރަށުގެ މުޅި ރައްޔިތުން ކަހަލަ ގޮތަކަށް ނިކުމެ ތިބީ އެ ބޭނުމުގައި ކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ދާންދޫއިން ގުޅިފައިވާ ޕާޓީތަކަށް ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުވާނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް