
މަޖުލިސް އިދާރާއިން ބުނީ ޑިމޮކްރެސީ ދުވަހާއި ގުޅުވައިިގެން ހުޅުވާލާފައިވާ ކުރެހުމުގެ މުބާރާތުގައި ބައިވެރިވާ ފަރާތްތައް 31 އޮގަސްޓް 2023 ގެ ކުރިން ކުރެހުންތައް ހުށައަޅަން ޖެހޭ ކަމަށެވެ.
ޑިމޮކްރެސީ ދުވަހަކީ ކޮންމެ އަހަރެއްގަވެސް ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހެވެ.
ޑިމޮކްރެސީ ދުވަހެއް ފާހަގަކުރުމަށް އ.ދ. މަޖިލީހުން ނިންމިތާ މިވީ 15 އަހަރު ފުރިފައެވެ. މި އަހަރަށް 16 އަހަރުފުރޭނެއެވެ.
މިއަހަރުގެ މި ކުރެހުމެ ތީމް އަކީ "ޑިމޮކްރެސީ އަށް ދިވެހިންގެ ދަތުރު" އެވެ.
ބައިވެރި ވެވޭނެ އުމުރުފުރާތަކަކީ އުމުރުން 14 އަހަރާއި، 18 ދެމެދުގެ ފަރާތްތަތަކަށާއި، އަދި 18 އަހަރާއި 35 އަހަރުގެ ފަރާތްތަކުގެ އިތުރުން 35 އަހަރުން މަތީގެ މީހުންނަށް ކަމަށްވެސް ބުނެފައިވެއެވެ.
އަދި އިނާމް ދިނުމުގައި ކޮންމެ އުމުރުފުރާއަކުން އެއްވަނަ ހޯދާ ފަރާތްތަކަށް 3000 ހާސް ރުފިޔާ، ދެވަނަ ހޯދާ ފަރާތްތަކަށް، 2000 ރުފިޔާ، ތިންވަނަ ހޯދާ ފަރާތްތަކަށް 1500 ރުފިޔާ ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން މުޅި މުބާރާތުން އެއްވަނަޔަށްދާ ފަރާތަށް 7000 ހާސް ރުފިޔާ ، ދެވަނަޔަށް 5500 ރުފިޔާ، ތިންވަނަޔަށް 4000 ރުފިޔާ ދެވޭނެ ކަމަށް ވެސް މަޖުލީހުގެ އިދާރާއިން ބުނެފައި ވެއެވެ.
ޑިމޮކްރެސީއާ މެދު އާންމުން ހޭލުންތެރިކުރުމަށާއި، ބައެއް ގައުމުތަކަށް ޑިމޮކްރެސީ ތަޢާރަފްކުރުމަށް، މިދިޔަ އަހަރުތަކުގައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވެއެވެ.
ޑިމޮކްރެސީގެ ހަމަތައް ދެމެހެއްޓުމުގައި، ދުނިޔޭގެ ފެންވަރުގައި އަދިވެސް ވަރަށް ގިނަ ގޮންޖެހުންތައް ހުރިކަމަށް 2022 ވަނަ އަހަރު ޑިކޮކްރެސީ ދުވަހުގެ މުނާސަބަތުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުަހައްމަދު ސޯލިހު ފޮނުއްވި ހިތާބުގައި ވަނީ ފާހަގަ ކޮށްފައެއެވެ.