ads
ރައީސް ސޯލިހު އުމުރުން ދުވަސްވީ ބަޔަކާ ވާހަކަ ދައްކަވަނީ---ފޮޓޯ:އެމްޑީޕީ
އުމުރުން ދުވަސްވީ މީހުންނަށް ރައީސް ސޯލިހުގެ މުހިއްމު ވައުދުތަކެއް!
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމު މުހައްމަދު ސޯލިހު ހޮވައިދެއްވައިފިނަމަ އުމުރުން ދުވަސްވީ ފަރާތްތަކަށް މިހާރު ހަމަޖެހިފައިވާ ބޭސްފަރުވާގެ ނިޒާމު އިތުރަށް ފުރިހަމަކޮށް އިތުރު ކަންތައްތަކެއް ކޮށްދެއްވުމަށް ވައުދުވެވަޑައިގެންފިއެވެ.
Advertisement

އުމުރުން ދުވަސްވީ ފަރާތްތަކަށް ހާއްސަކޮށް ރައީސް ސޯލިހު ވައުދުތަކެއް ވެވަޑައިގެންފައި މިވަނީ ގއ އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުފުޅުގެ ތެރެއިންނެވެ. ގއ.މާމެންދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ކުރިއަށް އޮތް 10 ވަރަކަށް އަހަރު ތެރޭގައި މިހާރު މިއޮތް އާބާދީ އުމުރުން ދުވަސްވީ މީހުންނަށް ބަދަލުވާނެ ކަމަށާއި އެއީ ދުރާލާ ވިސްނަން ޖެހޭ ކަމެއް ކަމަށެވެ. 

ގަދަރުވެރި ދިރިއުޅުމެއް ހޯދައި ދިނުމަށް އެމަނިކުފާނުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން އުމުރުން ދުވަސްވީ ފަރާތްތަކަށް ސައިކޮސޯޝަލް ސަޕޯޓު ފޯރުކޮށްދޭން ފައްޓަވާނެ ކަމަށާއި ދޮށީ އުމުރުގެ ފަރާތްތަކަށް ހާއްސަ ސިއްހީ ފަރުވާ ސިއްހީ މަރުކަޒުތަކުގައި ގާއިމުކޮށްދެއްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އުމުރުން ދުވަސްވީ ފަރާތްތަކަށް ހާއްސަކޮށްގެން ސަރުކާރުން މިހާރު ވެސް ކުރިއަށް ގެންދަމުންދާ ރަންވޭލާ ޕްރޮގުރާމު އިތުރަށް ފުރިހަމަކޮށް ދާންމަތިވެފައި ތިބޭ ދުވަސްވީ މީހުންނަށް ސިއްހީ ހިދުމަތްތެރިން ޒިޔާރަތްކޮށް ހާލުބަލައި ބޭނުންވާ އެހީތެރިކަން ލިބޭނެ ގޮތް ފަހިކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. 

"އަޅުގަނޑުމެން އެދޭ ކަމަކީ މައިންބަފައިން އަޅުގަނޑުމެންނާއެކު އުފަލުގައި ދިރިއުޅޭނެ މަގުފަހިވެގެން ދިއުން. މިކަމަށް ބޭނުންވާ އެކި ބާވަތުގެ އެހީ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ތައާރަފު ކުރާނަން. ޑްރޮޕް އިން ސެންޓަރު ހަދަނީ މި މަގުސަދުގައި،" ރައީސް ސޯލިހު ވިދާޅުވިއެވެ. 

ދޮށީ އުމުރުގެ މީހުންނަށް ބޭނުންވާ އެކި އެކި މައުލޫމާތު އެއްތަނަކުން ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށާއި އެކި ކަންތައްތަކުގައި އެހެން އުމުރު ފުރާގެ މީހުންނާއެކު އުޅެވޭނެ މަގުފަހިކޮށްދޭނެ ކަމަށާއި ޒުވާން ޖީލަށް ދޮށީ އުމުރުގެ ތަޖުރިބާ ހިއްސާ ކުރެވޭނެ އިންތިޒާމު ހަމަޖައްސަވާ ދެއްވާނެ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވިއެވެ. 

ރައީސް ސޯލިހު ވިދާޅުވީ އެ ސިޔާސަތުތަކަކީ ބަދަހި މުޖުތަމައަކަށާއި އުފާވެރި ދިރިއުޅުމަށް އެމަނިކުފާނުގެ ސަރުކާރެއްގެ ދެވަނަ ދައުރުގައި ކުރަން ރާވާފައިވާ ބައެއް ކަންތައްތައް ކަމަށެވެ. 

އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރުގެ ދައުރަށް ވެސް އެމަނިކުފާނުގެ ޕްލޭނެއް އެބައޮތް ކަމަށެވެ. އެ ޕްލޭން އެކުލަވާލާފައިވަނީ ރަށްރަށުން ލިބިފައިވާ ހިޔާލުތަކާއެކު ކަމަށާއި އެއީ ހިޔާލީ ވާހަކަތަކެއް ނޫން ކަމަށެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް