ads
އިހަވަންދިއްޕޮޅުގައި ބަންކަރިން ފެސިލިޓީ ހަދަން އެސްޓީއޯއިން ގަތަރުގެ އާބަކޮން އާއެކު ސޮއިކުރުން - ފޮޓޯ:އެސްޓީއޯ
އިހަވަންދިއްޕޮޅުގައި ބަންކަރިން ފެސިލިޓީ ހަދަން ގަތަރުގެ ކުންފުންޏަކަށް
އިހަވަންދިއްޕޮޅުގައި ޕްލޭން ކުރެވިފައިވާ ޕޯޓް ސިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ދަށުން ބަންކަރިން ފެސިލިޓީއެއް ގާއިމުކުރުމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން މެދުއިރުމަތީގެ އެންމެ ބޮޑު ވިޔަފާރި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ގަތަރުގެ އާބަކޮން ޓްރޭޑިންގް އެންޑް ކޮންޓްރެކްޓިންގ އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
Advertisement

އެސްޓީއޯއިން ބުނީ އިހަވަންދިއްޕޮޅުގައި ތަރައްގީކުރުމަށް ރޭވިފައިވާ ޕޯޓް ސިޓީގެ އެންމެ މުހިންމު އެއް ބަޔަކީ ތެލުގެ ގައުމީ ސްޓްރެޓެޖިކް ރިޒާވްއެއް ހެދުމާއި އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތް ފެށުން ކަމަށެވެ. އެގޮތުން ސޮއި ކުރެވުނު އެމްއޯޔޫއަކީ އެ ކުންފުންޏާއި އާބަކޮން ގުޅިގެން ބަންކަރިން އަދި ގައުމީ ތެލުގެ ރިޒާވް ތަރައްގީ ކުރުމަށް ބޭނުންވާ ފީސިބިލިޓީ ސްޓްޑީޒްތައް ހަދައި މި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށްޓަކައި ވެވުނު އެއްބަސްވުމެއް ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން ބުނެފައިވަނީ ރާއްޖޭގެ އިހަވަންދިއްޕޮޅު އަތޮޅު އޮންނަނީ އިންޑިއާ ކަނޑުގެ މާލީ މުއާމަލާތްތައް ހިނގާ ޝިޕިންގެ އިރުމައްޗަށް އަދި ހުޅަނގަށް ދަތުރުކުރާ މައި ލޭނުގައި ކަމަށެވެ. މި ސަރަހައްދުން ދުވާލަކު 300 އަށް ވުރެ ގިނަ ބޮޑެތި އާގު ބޯޓު ހުރަސް ކުރާ ކަމަށް އެސްޓީއޯއިން ބުނެއެވެ. އެ ކުންފުނިން ބުނި ގޮތުގައި ދުނިޔޭގެ ބަންކަރިން އިންޑަސްޓްރީއަކީ 150 ބިލިއަން ޑޮލަރުގެ ވިޔަފާރިއަކަށްވާއިރު، މި ސަރަހައްދުގައި ބަންކަރިންގެ ހިދުމަތް ފަށައި އޭގެ ނަފާ މުޅި ގައުމަށާއި އެސްޓީއޯއަށް ހޯދައިދިނުމަކީ މި ޕްރޮޖެކްޓުގެ އެންމެ މުހިންމު އެއް އަމާޒު ކަމުގައެވެ.

އެސްޓީއޯއިން ބުނީ ބަންކަރިންގެ ސަބަބުން ރާއްޖޭގެ މެރިޓައިމް ސިނާއަތަށާއި ގުޅުންހުރި ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ. އޭގެ ތެރޭގައި ޝިޕިން އެޖެންސީ، ކްރޫ ޗޭންޖް، ޝިޕް ޗޭންޑްލިން، ޝިޕް ރިޕެއަ އަދި ސްޕެއާ ޕާޓްސް ފޯރުކޮށްދިނުން ހިމެނޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެސްޓީއޯއިން ބުނެފައިވަނީ ބަންކަރިން ހިދުމަތް ފެށުމަށް ރެގިއުލޭޓަރީ ފްރޭމްވޯކް އެކުލަވާލުމަށްޓަކައި ބޭރުގެ ފަންނީ ކޮންސަލްޓަންސީ ހޯދައި ޑްރާފްޓް ރެގިއުލޭޝަންސްތައް ތައްޔާރު ކުރެވިފައިވާ ކަމަށެވެ. މި ޕްރޮޖެކްޓް ހިންގުމުގައި ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ރައްކާތެރިވުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް ދިރާސާކޮށް، ހޯދަން ޖެހޭ އާލާތްތައް އެމްއެންޑީއެފްގެ ލަފާގެ މަތިން ހޯދާފައިވާ ކަމަށް އެސްޓީއޯއިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް